Adhabiyyaathu

ނަމާދު
އެކުލެވިގެންވަނީ:


                                           d


"ألصّلاة " ނަމާދަކީ ކަނޑައެޅިފައިވާ ވަކި ކަންތައްތަކަކާއި އެކު ތަކުބީރަކުން ފެށޭ އަދި ސަލާންދިނުމަކުން ނިމޭ، ޙަރަކާތްތަކަކާއި، ކިޔުންތަކެއް އެކުލެވިގެންވާ  ވަރަށް ޚާއްޞަ އަޅުކަމެކެވެ. އަދި ނަމާދަކީ އަޅާއާއި، އޭނާ ހައްދަވާބޮޑުކުރެއްވި ޚާލިޤުވަންތަ ރަސްކަލާންގެއާއި ދެމެދު އޮންނަންވާގުޅުން ޤާއިމުކޮށްދޭ ވަސީލަތެކެވެ. އެއީ ދީނުގެ ތަނބެވެ. އެއީ އީމާންކަމުގެ 2 ވަނަ ރުކުނެވެ. އަޅާ އިސްލާމްވުމަށްފަހު އެންމެ ފުރަތަމަ އަދާކުރަންޖެހޭ އަޅުކަމަކީ ނަމާދުކުރުމެވެ. ނަމާދަކީ ފާފަތައް ފޮހެވުމަށް އޮތް މައިގަނޑު އަސާސެކެވެ. އެއީ އިންސާނާއާއި އޭނާ ހައްދަވާބޮޑުކުރެއްވި ރައްބާ ދެމެދު ގުޅުވާލަދޭ ފާލަމެކެވެ. އަދި ނަމާދަކީ ފާފަތަކާއި ހަނގުރާމަ ކުރުމަށް ބޭނުންކުރާ އައްޑަނައެކެވެ.   ހަމައެފަދައިން ނަމާދަކީ އަޅާގެކިބައިގާވާ ނިކަމެތިކަމާއި، ހިތުގައިވާ މަޑުމޮޅިކަމާއިއެކު މާތް ﷲ ގެ ޙަޟްރަތުގައި އަދާކުރެވޭ ފަރުޟު އަޅުކަމެކެވެ. ޤިޔާމަތް ދުވަހުން އަޅާއާއި އެންމެ ފުރަތަމަވެސް ސުވާލުކުރެވޭނީ ނަމާދާއި މެދުގައެވެ. ނަމާދުގެ އަމަލު ރަނގަޅުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލުތަކެއްވެސް ރަނގަޅުވާނެއެވެ. ކީރިތި ރަސޫލާ ގެ އަރިހުން ސުވާލު ދެންނެވުނެވެ. އިންސާނާގެ އެންމެމާތް ޢަމަލަކީ ކޮބައިތޯއެވެ. ޙަދީޘް ކުރެއްވިއެވެ. * أَوَّلُ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ الصَّلَاةُ , فَإِنْ صَلَحَتْ صَلَحَ سَائِرُ عَمَلِهِ , وَإِنْ فَسَدَتْ فَسَدَ سَائِرُ عَمَلِهِ *[1] މާނައީ: ޤިޔާމަތް ދުވަހު އެކަމަކުން އަޅާގެ ހިސާބު ބެއްލެވޭނެ އެންމެ ފުރަތަމަ އަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަނގަޅުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ރަނގަޅުވާހުއްޓެވެ. އަދި އެނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ފާސިދު ވާހުށްޓެވެ.
ނަމާދު ފިޔަވައި ކޮންމެ އަޅުކަމެއްވެސް މާތް ﷲ ފަރުޟު ކުރައްވާފައިވަނީ ޖިބްރީލުގެފާނު މެދުވެރިކުރައްވާ، ﷲ ބާވާލައްވާ ވަޙީއިންނެވެ. ނަމަވެސް ނަމާދު ފަރުޟު ކުރައްވާފައި ވަނީ، އިސްރާއާއި މިޢުރާޖުގެ ޝަރަފާއިއެކު، އެއްވެސް މެދުވެރިއެއްނެތި އެކަލާންގެ ޙަޟްރަތަށް މުޙައްމަދު z ކުއްތަން ކުރައްވާ ސީދާ ސީދާ ބަސް ވަޙީ ކުރެއްވުމުންނެވެ. އަދި މި އުއްމަތުގެ މައްޗަށް 50 ނަމާދު ފަރުޟު ކުރައްވާ، އެ ނަމާދުތަކުގެ ދަރުމައާއި، ޘަވާބު 5 ނަމާދުން ލިބިގެންދާގޮތަށް ލުއިކަން ދެއްވިއެވެ.
މުޢާޛުބުނުލް ޖަބަލް ޔަމަންކަރައަށް ފޮނުއްވަމުން މާތް ރަސޫލާ z ޙަދީޘް ކުރެއްވިއެވެ."  فَأَعْلِمْهُمْ أَنَّ اللهَ قَدِافْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِيْ كُلِّ يَوْمٍ وَلَيْلَةٍ "[2]  މާނައީ: " ފަހެ! އެބައިމީހުނަށް އަންގަވައިދެއްވާށެވެ. ކޮންމެ ރެޔަކާއި، ދުވާލުގައި އެމީހުންގެ މައްޗަށް ފަސް ނަމާދު ފަރުޟު ކުރައްވާފައިވެއެވެ."  
ޢިލްމުވެރީން ވިދާޅުވާގޮތުގައި ނަމާދު ފަރުޟު ކުރެއްވުމުގެ ކުރީން އިތުރު އެކަލޭގެފާނުން ނަމާދުކުރައްވަނީ ހެނދުނު ދެ ރަކްޢަތާއި، ހަވީރު ދެ ރަކްއަތެވެ.
ނަމާދުކުރުމަކީ އިންސާނާ ހެއްދެވި ހެއްދެވުމުގެ އެންމެ މުހިންމު މަސްދަރުކަން ކީރިތި ޤުރުއާނުން ވަނީ އަންގަވާފައެވެ. އެކަލާންގެ ވަޙީ ކުރައްވާފައިވެއެވެ. * وَمَا خَلَقْتُ الْجِنِّ وَالْإِنْسِ إِلَّا لِيَعْبُدُوْنَ *[3] މާނައީ: " އަދި ތިމަން ރަސްކަލާންގެއަށް އަޅުކަން ކުރުމަށް މެނުވީ ތިމަން ރަސްކަލާންގެ ޖިންނީންނާއި، އިންސީން ނުހައްދަވަމެވެ." އަދިވެސް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.   "وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ "[4]  މާނައީ:" ބާޠިލް މަގުން އެއްކިބާވެތިބެ، اللَّهއަށް އަޅުކަން ޚާލިޞްކުރާ ހާލު ، اللَّهއަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމު ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ. " މިއާޔަތުގައި ނަމާދު ޤާއިމުކުރުމަށް އަންގަވާފައިވުމުން އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ޢައިނިއްޔަ ފަރުޟެއް ކަމުގައި ކަނޑައެޅިފައިވެއެވެ.
ނަމާދަކީ އިސްލާމްދީނުގައި އެހެންއެއްވެސް އަޅުކަމަކަށް ދެވިފައި ނުވާފަދަ ޚާއްޞަ މަޤާމެއް ދެވިފައިވާ އަޅުކަމެކެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އިސްލާމްދީން ބިނާވެގެންވަނީ މި ތަނބުގެ މަތީގައެވެ. އަދި ނަމާދަކީ އިންސާނާގެ ޢަމަލު ތަކުގެތެރެއިން އެންމެ މާތް ޢަމަލެވެ. ކީރިތި ރަސޫލާ ގެ އަރިހުން ސުވާލު ދެންނެވުނެވެ. އިންސާނާގެ އެންމެމާތް ޢަމަލަކީ ކޮބައިތޯއެވެ. ޙަދީޘް ކުރެއްވިއެވެ. " އެއީ ނަމާދެވެ." މިގޮތުގެމަތީން 3 ފަހަރުމަތީން ސުވާލު ދެންނެވުނު ހިނދުވެސް ޙަދީޘް ކުރެއްވިއެވެ. " އެއީ ނަމާދެވެ."  
ނަމާދަކީ މުއުމިނުންގެ ކާމިޔާބީ އޭގެމައްޗަށް ބިނާވެގެންވާ އަޅުކަމެކެވެ. އެބައިމީހުންގެ ދިރިއުޅުމުގެ އެންމެހައި ކަންތަކުގައި ބަރަކާތާއި، ކުރިއެރުމާއި ލިބުން ހިމެނިފައިވަނީ މި މަތިވެރި އަޅުކަމުގެ މައްޗަށެވެ. އެހެނީ ނަމާދުގެ ސަބަބުން ތިމާގެ ކިބައިގައިވާ ބޮޑާކަމާއި، ކިބުރުވެރިކަން ކެނޑި މަޑުމޮޅިކަމާއި، މަޑުމައިތިރިކަން ތިމާގެ ނަފްސްގެމައްޗަށް ލިބިގެންދެއެވެ. މިކަންކަމަށް އިޝާރާތް ކުރައްވާ މާތް ﷲ ވަޙީ ކުރައްވާފާ ވެއެވެ. "  قَدْ أَفْلَحَ الْمُؤْمِنُونَ * الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ *[5]   މާނައީ: مؤمنން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ."  
އިސްލާމް ދީނުގައި ނަމާދުގެ އަހްމިއްޔަތު ބަޔާންކޮށްދޭ ވަރަށް ގިނަ ހެކިތަކެއް ކީރިތި ޤުރުއާނުގެ ކީރިތި މޫރިތި އާޔަތްތަކުން ފެންނަން އެބައޮތެވެ.
1.      ﷲ ގެ ޛިކުރާއިގުޅިގެން ވަޙީ ކުރައްވާފައިވެއެވެ.  : * اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ * [6] މާނައީ: " ހަމަކަށަވަރުން ނަމާދު، ފާޙިޝް ކަންތަކާއި، މުންކަރާތްތަކުން އިންސާނާ މަނާ ކޮށްދެއެވެ. އަދި އެންމެ ބޮޑުވެގެންވާ އެއްޗަކީ ﷲ ގެ ޛިކުރުކަން ކަށަވަރެވެ.
2.      ޒަކާތާއި ގުޅިގެން: * وَأَقِيْمُوالصَّلَاةَ وَاَتُو الزَّكَواتَ * [7] މާނައީ: އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ. އަދި ޒަކާތް ދޭށެވެ.
3.      ﷲ ހަނދުމަކުރުމުގެމުހިންމު ކަމާއި ގުޅިގެން: * وَأَقِيْمُوالصَّلَاةَ لِذِكْرِيْ * [8] މާނައީ: އަދި ތިމަން ﷲ ހަނދުމަ ކުރުމަށްޓަކައި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ.  
4.      ކެތްތެރި ކަމާއި ގުޅިގެން: * وَاسْتَعِيْنُوْا بِا لصَّبْرِ وَالصَّلَاةِ * [9] މާނައީ: އަދި ކެތްތެރިކަމާއި، ނަމާދުން ތިޔަބައިމީހުން މަދަދަށް އެދޭށެވެ.  
5.      ޤުރުބާނީއާއި ގުޅިގެން : * قُلْ إِنَّ صَلَاتِيْ وَنُسُكِيْ وَمَحْيَايَ وَمَمَاتِيْ لِلَّهِ رَبِّ الْعَالَمِيْنَ * [10] މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުންގެ ޤުރުބާނީ އާއި، ތިމަންކަލޭގެފާނުންގެ ދިރިހުރުމާއި، މަރުވުންވަނީ ޢާލަމްތަކުގެވެރި މާތް ﷲ އަށެވެ.  
ކީރިތި ރަސޫލާ ދުނިޔެ ދޫކުރައްވާ ވަޑައިގަތުމުގެ އެންމެ ފަހު ވަޞިއްޔަތެއްގެ ގޮތުގައިވެސް ތަކުރާރު ކުރައްވަމުން އަންގަވާފައިވަނީ ނަމާދާއިމެދު ރައްކާތެރިވުމަށެވެ. މިއީވެސް އިސްލާމްދީނުގައި ނަމާދަށް ދެއްވާފައިވާ އަހްމިއްޔަތު ބަޔަންކޮށްދޭ ކަމެކެވެ. ކައު އިތުރު ރަސޫލާގެ ޙަދީޘް ބަސްފުޅުގައިވެއެވެ."  أَلصَّلَاةَ أَلصَّلَاةَ وَمَا مَلَكَتْ أَيْمَانُكُمْ " [11]   
ނަމާދަކީ ލެނބި ގުދުވުމާއިއެކު ކުރެވޭ ހަރަކާތްތަކެއްވެސް އެކުލެވިގެންވާ ކަމެއްކަމުގައި ކަނޑައެޅިފައިވާހިނދު، އެ ޙަރަކާތްތަކަކީ އެކަމުގެ ސަބަބުން އަޅުކަން ކުރާ މީހާއަށް ޞިއްޙި ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. މިގޮތުން ބަލާއިރު ނަމާދުގެ އަޅުކަމުގައި ކުރެވޭ ޙަރަކާތްތަކުގެތެރެއިން ތިމާގެ ހަށިގަނޑަށް ލިބިދޭ ބައެއް ކަސްރަތުގެ ވާހަކަ ބަޔާންކުރަމެވެ.
ޤިޔާމު:
ﷲ އަކްބަރަށް ދެއަތް އުފުލުމުގައި ދެއަތުގެ މަސްތަކަށް ވަރުގަދަ ތަމްރީނެއް ލިބިދެއެވެ. ހަމައެފަދައިން ނަމާދުގެ އެއް ހަރަކާތުން އަނެއް ހަރަކާތަށް ބަދަލުވާހިނދު ދެއަތް ދެކޮނޑާއި ހަމައަށް އުފުލުމުން މި ދެންނެވި ތަމްރީނު އިތުރަށް ފުރިހަމަކޮށްދެއެވެ.
ރުކޫޢު:
 މި ޙަރަކާތުގެ ސަބަބުން ބަނޑުގެ ސަރުބީއާއި މަސްގަނޑު ހިންދުމުގައި އެހީތެރިވެދެއެވެ. ހަމައެފަދައިން މަޢިދާއާއި ގޮހޮރުގެ މަސްތަކަށް އެހީތެރިވުމާއެކު ސުކޫޢުގެ ތަސްބީޙަކިޔުމުން ނޭވާލުމަށް ފަސޭހަވެ، ތާޒާ ވައި ލިބިދެއެވެ.
އިޢުތިދާލު:
 މިއީ ނަމާދުގެ އަޅުކަމުގެ ޙަރަކާތަށް އަރާމު ހޯދައިދޭ ހިނދުކޮޅެއް ކަމުގައިވެއެވެ. އަދި އިޢުތިދާލުގައި ހުންނައިރު ލާ ނޭވާގެ ސަބަބުން ހަށިގަނޑަށް ދޫކަންލިބި ދެންއޮތް ޙަރަކާތަށް ތައްޔާރުވެވެއެވެ.
ސަޖިދަ:
 ސަޖިދައަކީ ނަމާދުގެ އެންމެ މުހިންމު ޙަރަކާތެވެ. މިކަމުގައި ދުންޔަވީ ޞިއްޙީ އެތައް އެތައް ފައިދާތަކެއް ލިބިގެންދެއެވެ. މިޙަރަކާތަކީ ފުއްޕާމޭގެ ވައިތައް ސާފުކޮށް ފުއްޕާމޭ ހުސްކޮށްލުމަށް ދެވޭ ތަމްރީނެކެވެ. އަދި ސަޖިދައިގައި އޮންނައިރު ލެވޭ ވައިގެ ސަބަބުން ފުއްޕާމޭގައި ހުންނަ ވައިގެ ޕްރެޝަރު ސުމަކަށް ދަށްވެގެންދެއެވެ.އަދި ހިތަށް ލޭފޮނުވައިދޭ ހޮޅިތަކުންލާފައި ހިތަށްލޭ ފޮނުވުމަށްފަހު މޭގެތެރެއިން ސާފުކޮށްގެން އަނބުރާ ހިތަށް ފޮނުވައެވެ. މިކަމުގެ ސަބަބުން ލޭ ގަނޑުވުމާއި، ކޮރެސްޓްރޯލް އިތުރުވުން ހުއްޓުވައެވެ.
ސަޖިދައަށް އޮތުމުގެ ސަބަބުން ހަށިގަނޑަށްލިބޭ ފައިދާތަކުގެތެރޭގައި މޭގައި ހިފާފައިހުންނަ އަރިދަފުހާއި، ދަވަ ބޭރަށް ނެރެ، މޭގެތެރޭގައި ބަންދުވެފައިވާ ބައެއް ފިތްތައް ހުޅުވެދެއެވެ. އަދި ބޮލާއި، ސިކުނޑިއަށްވެސް ސަޖިދައިގެ ސަބަބުން ފައިދާތައް ކުރެއެވެ.[12]  
މުސްލިމުންނަކީ ނަމާދު ޤާއިމު ކުރާ ބަޔަކަށް ވުމުގެ ސަބަބުން ޚަރަފުބަލި (ޢުމުރުން ދުވަސްވުމުގެ ސަބަބުންޖެހޭ ބޯގޯސްވާ ބަލި) މިއީ މުސްލިމުންގެ މެދުގައި ނިސްބަތުން ވަރަށް މަދު ބައްޔެއްކަމަށް ޑޮކްޓަރުން ބުނެއެވެ. ހަމައެފަދައިން ސަޖިދައިގައި އޮވެ ދުޢާކުރުން ގިނަކުރިވަރަކަށް ނޭވާލުމުގެ ނިޡާމަށް ހުރި ގިލަންވެރިކަން ކުޑަވެއެވެ. ރަސޫލުﷲ z ޙަދީޘްކުރައްވާފައިވެއެވެ. "  أَقْرَبُ مَا يَكُوْنُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُو الدُّعَاءِ "[13]  މާނައީ: " ﷲ ގެ އަޅާ އޭނާގެ ވެރި ރަސްކަލާންގެއާ އެންމެ ކުއްތަންވެގެންވަނީ އޭނާ ސަޖިދަ ކުރާ ޙާލުގައެވެ. އެތާނގާ ފަހެ! ދުޢާކުރުން ގިނަކުރާހުށިކަމެވެ."
އައްތަޙިއްޔާތު:
 ފަހު އައްތަޙިއްޔަތަށް އިންނައިރު ތިމާގެ ހަށިގަނޑުގެ މުޅި ބުރަދަން ހުއްޓިފައިވާނީ ހަށިގަނޑުގެ ތިރީބައިގެ މަތީގައެވެ. ނަތީޖާއަކީ ލޭހޮޅި ތަކުގައިވާ ލޭ ހަށިގަނޑުގެ ކަނާތްފަރާތަށް ދައުރު ކުރުމެވެ. އަދި ދެފައިގެ ލޭ ހިންގުމަށް ހުންނަ ލޭހޮޅިއެއް ފިތިފައިވިޔަސް އެކަން ރަނގަޅުވެ، ލޭ ދައުރު ކުރަންފެށުމެވެ.
އައްތަޙިއްޔާތަށް އިންނައިރު ހަށިގަނޑު ތެދުކޮށް އިނުމުގެ ސަބަބުން ބުރަކަށީގެ މަސްތައް ވަރުގަދަވެ، މައިކަށި ތެދުވުމާއިއެކު، ހަރުވުމަށް އެހީތެރިވެދެއެވެ. 
ސަލާމްދިނުން:
ޞިއްޙީގޮތުން ބަލާއިރު ސަލާމްދޭއިރު ދެފަރާތަށް ކަނދުރާ އަނބުރާލުމުގެ ސަބަބުން ކަރާއި، ކަނދުރާގެ އިތުރުން ބައިމަތީގެމަސްތަކަށް ވާންކަމާއި، ދޫކަން ލިބިގެންދެއެވެ.  އަދި މިޙަރަކާތަކީ ކަނދުރާގެ މައިކަށީގެ ލޮނދި ހިކުނަ ނުދިނުމަށް އޮތް ވަރަށް ރަނގަޅު ފަރުވާއެކެވެ.
ކޮންމެ މުކައްލަފެއްގެމައްޗަށް ރެޔަކާއި ދުވާލު 5 ނަމާދު ފަރުޟު ކުރެއްވިގެންވެއެވެ. ނަމާދު ވާޖިބުވާ މުކައްލަފުންނަކީ: (1) މުސްލިމަކު ކަމުގައިވުން. (2) ބާލިޣުވުން. (3) ބުއްދި ހުރުން. (4) ޙައިޟު ނިފާސްކަމުން ޠާހިރުވެގެންވުމެވެ.
 ރަށުގައި ޤާއިމުވެ ހުންނަ މީހާއާއި، ދަތުރުމަތީގައިވާމީހުނާއި، ބަލި ޙާލުގައިވާމީހުނާއި، ހަނގުރާމައިގެ ނުރައްކާ ޙާލަތުގައިވެސް  ނަމާދުކުރުމަށް މާތް ﷲ އަމުރު ކުރައްވާފައިވެއެވެ.
ނަމާދުގެ ޝަރުޠު ބެހިގެންވަނީ 8 ބަޔަކަށެވެ. އެއީ (1) ދެހަދަޘުން ޠާހިރުވެހުރުން.(2) ހަށިގަނޑާއި ފޭރާމާއި ނަމާދުކުރާތަން ނަޖިހުން ޠާހިރުވެގެންވުން.(3) ޢައުރަ ނިވާކުރުންއ. (4) ޤިބުލައަށް ކުރިމަތިލުން (5) ވަގުތު ވަދެއްޖެކަން އެނގުން (6) ނަމާދަކީ ފަރުޟުކަން ދެތުން (7) ނަމާދުގެ ފަރުޟަކަށް ސުންނަތެކޭ ހީނުކުރުން.(8) ނަމާދު ބާޠިލްވާކަންތަކުން ދުރުވެގެން ހުރުމެވެ.
ނަމާދުގެ ރުކުންތައް:
ނަމާދުގެ ރުކުންތައް ބެހިގެންވަނީ 2 ބަޔަކަށެވެ. އެއީ ޤައުލިއްޔަ ރުކުނާއި، ފިޢުލިއްޔަ ރުކުނެވެ. ޤައުލިއްޔަ ރުކުނަކީ ދުލުންކިޔުން ފަރުޟުވެގެންވާ ރުކުންތަކެވެ. ފިޢުލިއްޔަ ރުކުނަކީ ގުނަންތަކުން އަދާކުރަންފަރުޟުވެގެންވާ ރުކުންތަކެވެ.
 ޤައުލިއްޔަ ރުކުންތަކަކީ (1) ޙަރަމްބަން ތަކުބީރު ކިޔުން(2) އަލްހަމްދު ކިޔުން(3) ފަހު އައްތަޙިއްޔާތު ކިޔުން(4) ފަހު އައްތަޙިއްޔާތަށްފަހު ރަސޫލުﷲ ގެފާނުންގެމައްޗަށް ޞަލަވާތް ކިޔެވުން(5) ފުރަތަމަ ސަލާމް ދިނުމެވެ.
ފިޢުލިއްޔަ ރުކުންތަކަކީ: (1) ނިޔަތްގަތުން(2) ކުޅަދާނަވެގެންވާމީހާ ފަރުޟު ނަމާދަށް ކޮޅަށްހުރުން.(3) ރުކޫޢު ކުރުން(4)އިޢުތިދާލުކުރުން (5) ދެ ސަޖިދަކުރުން(6) ރުކޫޢާއި، އިޢުތިދާލާއި، ސުޖޫދުގައި މަޑުވެލުން(7) ދެސަޖިދަމެދު އިނުން(8)ފަހު އައްތަޙިއަޔާތު ކިޔުން(9) ފަހު އައްތަޙިއްޔާތުގައި ޞަލަވާތް ކިޔެވުން(10) ނަމާދުގެ ރުކުންތައް ތަރުތީބުކުރުމެވެ.
ފަރުޟު 5 ނަމާދުގެ ވަގުތުތަކާއި، ރަކްއަތްތައް: 
މާތް ﷲ ނަމާދު ފަރުޟު ކުރެއްވީ ވަކި ވަގުތު ތަކެއްގައި އެ ނަމާދު އަދާކުރުމަށްޓަކައެވެ. އެހެންކަމުން ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ އަޅުކަމެއް ކަމުގައިވިއެވެ. މިކަން ބަޔާން ކުރައްވައި ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. * إِنَّ الصَّلَواةَ كَانَتْ عَلَي الْمُؤُمِنِيْنَ كِتَابًا مَوْقُوْتًا * [14] މާނައީ " ހަމަކަށަވަރުން ނަމާދަކީ މުއުމިނުންގެމައްޗަށް ވަގުތު ކަނޑައެޅިގެންވާ އެއްޗެކެވެ."  
ފަރުޟު ފަސްނަމާދުގެ ވަގުތުތައް ބަޔާންވެގެންވަނީ ކީރިތި ރަސޫލާގެ ސުންނަތުންނެވެ. މާތްރަސްކަލާންގެ ރުއްސުން ލެއްވި ޖާބިރު ބުނު އަބްދުﷲ ގެ އަރިހުން ރިވާވެގެންވާގޮތުގައި ރަސޫލު ﷲ صَلَّي اللهُ عَلَيْهِ وَسَلَّمَ  ގެއަރިހަށް ޖިބްރީލުގެފާނުން ވަޑައިގެން ނަމާދުގެ ވަގުތުތައް ބަޔާންކޮށްދެއްވަމުންގެންދެވިއެވެ.  މިގޮތުން އެދުވަހުގެ އިރުމެދުން ފިލުމުން މެންދުރުނަމާދުގެ 4 ރަކްޢަތް ކުރެއްވިއެވެ.  އަޞުރުވުމުން ( އެއެއްޗެއްގެ ހިޔަނި އެއެއްޗަކާއި އެއްވަރުވުމުން ) ޢަޞުރު ނަމާދު ގެ 4 ރަކްއަތް ކުރެއްވިއެވެ.  އިރު އޮއްސުމުން މަޣްރިބު ނަމާދުގެ 3 ރަކްޢަތް އަދާކުރައްވާ، ރަތްވިލާ އޮއްސުނު ހިނދު ޢިޝާ ނަމާދުގެ 4 ރަކްއަތް ކުރައްވާ، ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވުމާއިއެކު ފަތިސް ނަމާދުގެ 2 ރަކްޢަތް ކުރެއްވިއެވެ. 
ނަމާދު ކުރުމަކީ ފަރުޟެއްކަމަށް އިންކާރު ކުރުމާއެކު ނަމާދު އަޅާ މީހާއަކީ މުރުތައްދުވެފައިވާ ކާފިރެއްކަމަށް އުއްމަތުގެ ހުރިހާ ދަންނަބޭކަލުން އިއްތިފާޤުވެ ލައްވައެވެ. ހަމައެފަދައިން ނަމާދުގެ ފަރުޟު ކަން ޤަބޫލު ކުރުމާއިއެކުވެސް ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ ކަންނެތް ކަމުގެ ސަބަބުން ނުވަތަ ޝަރުޢީ ޢުޛުރަކާއި ލައިގެން މެނުވީ  ނަމާދު އަޅާމީހާވަނީ ކުފުރެއްގައި ކަމަށާއި، އެފަދަމީހާ ޤަތުލު ވާޖިބުވެފައިވާކަމަށް ވާރިދުވެފައިވާ ޞައްޙަ އެތައް ޙަދީޘް ތަކެއް ވާރިދު ވެފައިވެއެވެ.
ނަމާދުއެޅުމަކީ ޝިރުކާއި، ކުފުރާއި ދެމެދުގައިވާ ހުރަހަކީ ނަމާދު ކަމުގައި މާތްރަސްކަލާންގެ ރުއްސުންލެއްވި ޖާބިރުގެފާނުންގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. ރަސޫލާ ހަދީޘްކުރެއްވިއެވެ. * بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلَاةِ * [15]   މާނައީ: މީހާއާއި، ޝިރުކާއި، ކުފުރާއި ދެމެދުގައިވާ ހުރަހަކީ ނަމާދެވެ. ( އެބަހީ ނަމާދު އެޅުމުން އެހުރަސް ނެތިގެން ދާނެއެވެ)
ނަމާދަކީ ޤިޔާމަތް ދުވަހުން ތިމާއަށް ލިބިގެންވާ ނޫރެއް ކަމުގައި ވެއެވެ. ނަމާދަކީ ތިމާގެ ކުށްފާފަތަކުން ނަޖާވުމަށް އޮތް ވަސީލަތެއް ކަމުގައިވެއެވެ. އެކަމަކު ބައެއްމީހުން ނަމާދު ދޫކޮށްލަނީ ނުވަތަ ނަމާދު އަޅަނީ އޭނާގެ ވިޔާފާރީގެ ބިޒީ ކަމުން ކަމުގައި ބުނެ އުޅެއެވެ. އަނެއްބަޔަކު ނަމާދު އަޅަމުންދަނީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުން ވަގުތު ނުލިބޭތީ ކަމަށް ބުނެ އުޅެއެވެ. އަނެއްބަޔަކު ނަމާދު އަޅަމުންދަނީ އެބައިމީހުންގެ މުދަލުގެ ކަންތައްތަކުގައި ހޭބޯ ނާރާ އުޅެން ޖެހުމުން ކަމުގައި ވާހަކަ ދައްކައެވެ. މިއީ ހަމަބުއްދިހުރި އެއްވެސް އިންސާނަކު ޢުޛުރެއްގެ ގޮތުގައި ބަލައިގަންނާނޭ އުޛުރުތަކެއް ނޫނެވެ. އެހެނީ އިންސާނާ ޚަލްޤުކުރެއްވުމުގެ ބޭނުމަކީ ﷲ އަށް އަޅުކަން ކުރުމެވެ. މާތް ﷲގެ ވަޙީ ބަސްފުޅެއްގެ މާނައިގައިވަނީ މިފަދައިންނެވެ. " ހަމަކަށަވަރުން ﷲ އަށް އަޅުކަން ކުރުމަށްޓަކައި މެނުވީ ތިމަން ﷲ ،އިންސީންނާއި، ޖިންނީން ނުހައްދަވަމެވެ.
މާތްރަސްކަލާންގެ ރުއްސުންލެއްވި ޢަމްރު ބުނުލް ޢާޞްގެ ކިބައިން ރިވާވެގެންވެއެވެ. އެއްދުވަހަކު ރަސޫލުﷲ صَلَّي اللهُ عَلَيْهِ وَسَلَّمَ  ނަމާދުގެ ވާހަކަ ދައްކަވަމުން ޙަދީޘް ކުރެއްވިއެވެ. * مَنْ حَافَظَ عَلَيْهَا كَانَتْ لَهُ نُوْرًا وَبُرْهَانًا وَنَجَاتًا يَوْمَ الْقِيَامَةِ , وَمَنْ لَّمْ يُحَافِظُ عَلَيْهَا لَمْ تَكُنْ لَهُ نُوْرًا وَلَا بُرْهَانًا وَلَا نَجَاتًا و وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ وَفِرْعَوْنَ وَهَامَانَ وَأُبَيُّ بُنُ خَلَفٍ *[16]   މާނައީ؛ ނަމާދުގެ މައްޗަށް ރައްކާތެރިވެއްޖެމީހާ ދަންނައެވެ. އެ ނަމާދު އޭނާއަށް ޤިޔާމަތް ދުވަހުގައި ނޫރެއްކަމުގައާއި، ބުރުހާނެއްކަމުގައާއި، ޢަޛާބުން ނަޖާއެއްކަމުގައިވާނެއެވެ. އަދި ނަމާދުގެމައްޗަށް ރައްކާތެރި ނުވެއްޖެމީހާ ދަންނައެވެ. އެ ނަމާދު އޭނާއަށް ޤިޔާމަތް ދުވަހުގައި ނޫރެއްކަމުގައާއި، ބުރުހާނެއްކަމުގައާއި، ޢަޛާބުން ނަޖާއެއްކަމުގައިނުވާނެއެވެ. އަދި ޤިޔާމަތް ދުވަހުގައި އޭނާ ވާހުށީ ޤާރޫނާއި، ފިރުޢައުނާއި، ހާމާނާއި، ޢުބައްޔުބުނު ޚަލަފާއި އެކުގައެވެ. ފަހެ! ނަމާދަށް ރައްކާތެރި ނުވާމީހާ ޤިޔާމަތް ދުވަހު ކުފުރުގެ އިމާމުންނާއި އެކު ވާނޭކަން ދަލީލު ކުރަނީ އޭނާ ކާފިރުވާނޭ ކަމުގެ މައްޗަށެވެ.
ފަރުޟު 5 ނަމާދުގެ ޢުޛުރު:
ފަރުޟު ފަސްނަމާދު ވަގުތުން ފަސްކުރުން ނުވަތަ ނަމާދު އެޅުމުގައި ވަނީ ދެ ޢުޛުރެކެވެ. އެއީ ހަނދާން ނެތުމާއި، ނިދުމެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް ޢުޛުރު ފިލައި ދިޔުމުން  އަވަހަށް ނަމާދުގެ ފަރުޟު އަދާކުރަންޖެހެއެވެ. ބަލިމީހާ ކޮޅަށް ހުރުމަށް ޢުޛުރުވެރިވާނަމަ އިށީންދެ އިނދެގެންނެވެ. އިށީންދެ އިނުމަށް ޢުޛުރުވެރިވާނަމަ އޮށޯވެއޮވެގެންނެވެ. އެފަދަ ޙާލުގައިވެސް ނަމާދު ކުރުމުގައި ޢުޛުރުވެރިވާނަމަ އިޝާރަތުންނެވެ.
ކީރިތި ރަސޫލުﷲ صَلَّي اللهُ عَلَيْهِ وَسَلَّمَ  ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. *إِذَا نَسِيَ أَحَدُكُمْ صَلَاةً أَوْنَامَ عَنْهَا فَلْيُصَلِّهَا إِذَا َّكَرَهَا*  މާނައީ " މީހަކު ނަމާދެއް ހަނދާން ނެތިއްޖެނަމަ ނުވަތަ ނަމާދެއް ނުކޮށް ނިދިއްޖެނަމަ ފަހެ! ހަނދާންވީހިނދުން އެ ނަމާދު ކުރާހުށިކަމެވެ." [17]  
އަނަސްގެފާނުންގެ އަރިއަހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. * مَنْ نَسِيَ صَلَاةً أَوْنَامَ عَنْهَا فَلْيُصَلِّهَا إِذَا َّكَرَهَا لَا كَفَّارَةَ لَهَا إِلَّا ذَالِكَ * މާނައީ " ނަމާދެއް ހަނދާން ނެތިއްޖެމީހާ ފަހެ! އެ ނަމާދު ހަނދާންވާހިނދު އެނަމާދު ކުރާހުށިކަމެވެ. އެނޫން އިތުރު ކައްފާރާއެއް އެކަމަކަށް ނުވެއެވެ. [18]  
ރޭޑިޔޯއާއި، ޓީވީން ބަންގީގެ އަޑު އިޢުލާނުކުރެއެވެ. އަޑުގަދަ ކުރާތަކުން " ބާއްޖަވެރިކަމާއި، ނަޞީބަށް އެދިގެން އަވަހަށް ނަމާދަށް އައުމަށް " ގޮވާލެވެއެވެ. އެކަމަކު  އެ އަޑަށް ސަމާލުކަންދެނީ ކިތައްމީހުންބާވައޭ ހިތަށްއަރައެވެ.
ދެންއޮތީ ނަމާދަށް ދާ ބައެއް މީހުންގެ ވާހަކައެވެ. ބައެއްމީހުން ނަމާދަށް ދަނީ ހަމައެކަނި ފަރުޟު ކަމަކަށްވީތީ ނިތްތަޅާލުމަށެވެ. އަވަސްއަވަސްކޮށްލައިގެން ނިންމާލުމުގެ ބޭނުމުގައެވެ. އަނެއްބައެއްގެ ދުނިޔަވީ އެދުމާއި، ޚިޔާލުގެ ސަބަބުން ނަމާދު ނިމުނީކަންވެސް އެނގޭނީ ސަލާން ދިނުމުންނެވެ. ޛިކުރު ކުރުމެއް ސުންނަތް ކޮށްލުމެއްވެސް ނޯވެއެވެ.  ބައެއް މީހުނަށް ނަމާދު ފަރުޟު ކުރައްވާފައިވަނީ ހަމައެކަނި ރަމަޟާން މަހުގައިކަމަށް ހީވާކަހަލައެވެ. އެކަމަކު މި މަހުގެ އަޅުކަންވެސް ގޮސްފައި އޮންނަނީ ބޮނޑު ނަގުލަށެވެ. މަހުގެ ކުރީކޮޅުގައި ފުރެމުންދިޔަ މިސްކިތްތައް ، މަސް ނިމެމުންދާއިރު އަންނަނީ ފަޅުވަމުންނެވެ. އެއަށްފަހު ކުރިމަތިލާ 11 މަސްދުވަހު ، މިސްކިތަށް ނާރާ ތަނުގައި ހުޅަނގު ކޮޅަށް މޫނު އަނބުރާލައެކޭވެސް ނުދެންނެވޭވަރަށް މިސްކިތްތައް ހުސްވެދެއެވެ.
މުސްލިމުންގެމައްޗަށް ރެޔަކާއި ދުވާލު ކުރުމަށް އަންގަވާފައިވާ ފަރުޟު ފަސް ނަމާދުގެތެރެއިން ހަތަރު ނަމާދާއި، ތިން ނަމާދާއި، ދެނަމާދާއި، އެންމެ ނަމާދެއް ފަރުޟުވެފައިވާކަމަށްދޭހަވާފަދަ ގޮތަކަށް ނަމާދު ކުރަމުންދާމީހުންވެސް މަދެއްނޫނެވެ.  މިކަން އެންމެ ރަނގަޅަށް އެނގި ބަޔާންވެގެންދަނީ ފަތިސްނަމާދަށް މިސްކިތްތަކުންނެވެ. މިހިރަ މިހިރަ ކަންތަކީ އަޅުގަނޑުމެންގެ ސައްތައިން ސައްތަ ލޭބަލްގެ ބިތު ފަންގި ނެގުމުން ފެންނަންހުރި، އިޞްލާޙު ކުރަން ޖެހިފައިވާކަންކަމެވެ.
ނަމާދު އަޅާމީހާ، ނުވަތަ ފަރުވާކުޑަވުމުގެ ސަބަބުން ނަމާދު ދޫކޮށްލާމީހުންމީހުންނަކީ މީސްތަކުންކުރެ އެންމެ ނުބައި މީހުންކަމުގައި ކަމާއި، އެބައިމީހުނަށް ގަދަފަދަވެގެންވާ ޢަޛާބު ދެއްވާނޭކަމުގެއިންޒާރު ދެއްވަމުން، ވަޢީދުގެ ބަސްފުޅު އަންގަވާފައިވެއެވެ. އެހެންކަމުން ނަމާދުގެ ފަރުޟުކަމާއިމެދު އިންކާރު ކުރެވޭނޭ އެއްވެސް ގޮތެއް ނެތެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  * فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا *[19]     މާނައީ: އެއުރެންނަށްފަހު ( އިސްވެދިޔަ ހެޔޮލަފާ މީހުނަށްފަހު)  ނުބައި ބަޔަކު އައެވެ.  އެބައިމީހުން ނަމާދު ނަގައިލިއެވެ. އަދި އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ ގަދަފަދަވެގެންވާ ޢަޛާބާއި ފަހުން އެމީހުން ބައްދަލުކުރާނެތެވެ.
އެންދެރީގެ މަސައްކަތުގައި ރަށުގެ ރައްޔިތުންހެން ހޭބޯ ނާރާ އުޅުނު ދުވަސްވަރު އަޅުގަނޑުވެސް ވަޒީފާ ނިންމާލާފާ ގެއަށް އައުމާއެކު އެ މަސައްކަތަށް ފަށައިގަންނަނީއެވެ. ކުރެވޭ މަސައްކަތް މަދުވާނެތީ ނަމާދަކަށް ނުދަމެވެ. ނަމާދަށް ދިޔުމަށް ބުނާތީ އަނބިމީހާދެކެވެސް ރުޅި އާދެވެއެވެ.
މަސްދުވަހުގެ މަސައްކަތުން ކުރެވުނު މަސައްކަތުގެ ގިނަކަމާމެދު ހިތްހަމަޖެހިގެން ވިޔާފާރިކަމުދިޔައިމެވެ. ދަތުރުގެ ބައިވެރީން ދިހަ ބާރަހާހުން ނެގިއިރު އަޅުގަނޑަށް ލިބުނީ އެންމެ 45 ރުފިޔާއެވެ. ހެދި އެތިކޮޅު ހިފައިގެން އައީ ރަށަށެވެ.  ނަމާދު ނުކޮށް ގިނަކުރަންވެގެން ކުރި މަސައްކަތުން ވީވަރަކީ މިއެވެ. 
އެދަތުރު ނިމުމަށްފަހު ނަމާދާއި މެދު ސަމާލުކަން ދޭންފަށައިފީމެވެ. ބަންގީގެ އަޑަށް މަސައްކަތް ހުއްޓާލާ ނަމާދު އަދާކުރަމެވެ. ޖެހިގެން އައި ދަތުރުގެ ބައިވެރީންނަށް ރަނގަޅަށް ވިޔާފާރި ނުފެށި އުޅެނިކޮށް އަޅުގަނޑު ގެންދިޔަ ހުރިހާ މުދަލެއް ފުރިހަމަ އަގާއިއެކު ވިކި ހުސްވެއްޖެއެވެ. 22 ހާސް ރުފިޔާ ނަފާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިންވަރު ފުޅުން ލިބިއްޖެއެވެ. މާތް ﷲ އަށް ހަމްދު ކުރަމެވެ.
ކިޔުންތެރީންނޭވެ!. ވިސްނާފިކުރުކުރައްވާށެވެ. މިއީ، ޚުދު އަޅުގަނޑުގެ ތަޖުރިބާ އެކެވެ. އަޅުގަނޑެކޭއެއްފަދައިން ތިޔަބޭފުޅުންވެސް ޢިބްރަތް ޙާޞިލް ކުރައްވާށެވެ. ނަމާދުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަންނާށެވެ. އަޅުގަނޑުގެ ދިރިހުރުމުގެ ފުރަތަމަ ކަމަކަށް ނަމާދަށް ރައްކައުތެރިވުމަށް ގަދަ އަޅާ މަސައްކަތް ކުރަމެވެ. ކުރާނަމެވެ. އެކަމަށް ވާގިދެއްވުންއެދި ދުޢާވެސްކުރަމެވެ.  




[1]رَوَاهُ اطَّبَرَانِيْ  ކިތާބުއްޞަލާތި  10 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު
رَوَاهُ الْبُخَارِيْ وَمُسْلِمُ  ފަސޭހަ ފިޤުހު ، ކުއްލިއްޔަތުއްދިރާސާތުލް އިސްލާމިއްޔާ  ޞަފްޙާ 71[2]
[3]  سورة الذّاريات 56  ޤުރުއާނާއި ސުންނަތުން ތިބާގެ ޢަޤީދާ ލިބިގަންނާށެވެ. މިނިސްޓްރީއޮފް އިސްލާމިކް އެފެއާރޒް ތަރުޖަމާ އިސްމާޢީލް މުޙައްމަދު ޞަފްޙާ 12
سورة البيّنة 5  ( ދިވެހި ޤުރުއާން އެޕްލިކޭޝަން ،ކީރިތި ޤުރުއާނުގެ ތަރުޖަމާ) [4]
[5] سورة المؤمنون1،2   ކިތާބުއްޞަލާތި  3 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު 
[6]سورة العنكبوت 45  ކިތާބުއްޞަލާތި  11 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު
سورة البقرة 110   ކިތާބުއްޞަލާތި  11 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު [7]
سورة ظه 14 ކިތާބުއްޞަލާތި  11 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު[8]
سورة البقرة 45 ކިތާބުއްޞަލާތި  11 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު[9]
سورة الأنعام  162 ކިތާބުއްޞަލާތި  11 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު [10]
رواه أحمد وأبو داؤود ކިތާބުއްޞަލާތި  10 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު[11]
މަޢުލޫމާތު ނެގީ: ނަމާދު : ރައްކައުތެރިކަމާއި، ޞިއްޙަތު . އިބްރާހީމް ރަޝީދު މޫސާ .[12]
( رواه المسلم و أبوداؤود )  ނަމާދު : ރައްކައުތެރިކަމާއި، ޞިއްޙަތު . އިބްރާހީމް ރަޝީދު މޫސާ . ޞަފްޙާ 81[13]
سورة النّساء 3  ކިތާބުއްޞަލާތި  19 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު [14]
رواه أحمد ومسلم وأبو داود والترمذي وابن ماجه ކިތާބުއްޞަލާތި  12 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު  [15]
رواه أحمد والطبراني وابن حبّان وصحّحه الباني ކިތާބުއްޞަލާތި  13 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު  [16]
رَوَاهُ النَّسَائِيْ وَالتِّرْمِذِيْ وَصَحِحَّهُ الْأَلْبَانِيْ ކިތާބުއް ޞަލާތު ، ނަމާދުގެ ޙުކުމްތައް : މުޙައްމަދު އިބްރާހީމް ނައިފަރު :ޞަފްޙާ ނަންބަރު: 28[17]
– رَوَاهُ الْبُخَارِيْ وَمُسْلِمُ  ކިތާބުއް ޞަލާތު ، ނަމާދުގެ ޙުކުމްތައް : މުޙައްމަދު އިބްރާހީމް ނައިފަރު :ޞަފްޙާ ނަންބަރު 28[18]
سورة مريم  59ކިތާބުއްޞަލާތި  3 ވަނަ ޞަފްޙާ މުޙައްމަދު އިބްރާހީމް ނައިފަރު[19]
d

ދުލުގެ ފާފަ

ފެށުން:
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ އަށްދެއްވި އެންމެ އަގު ބޮޑު އެއް ގުނަވަނަކީ ދުލެވެ. އެއީ އިންސާނާ އަށް ދުނިޔެއާއި އާޚިރަތް ލިއްބައި ދިނުމަށާއި، ހަމަ މަގުން އެއްކިބާކޮށް ދުނިޔެއާއި، އާޚިރަތްނަގާލުމަށް މަގު ފަހިކޮށްދޭ ގުނަވަނެކެވެ. ޢަރަބީންގެ ޝާޢިރަކު ވިދާޅުވެފައިވެއެވެ. (1) " إحْفِظْ لِسَانَكَ وَاحْتَرِزْ مِنْ لَفْظِهِ فَالْمَرْءُ يَسْلَمُ بِا الَّلسَانِ وِ يَعْطَبْ  " މާނައީ: " އޭ! އިންސާނާއެވެ. ކަލޭގެ ދޫ ރައްކާތެރި ކުރާހުށިކަމެވެ. އަދި އެދުލުން ނުކުންނަ ލަފްޒުތަކަށް ސަލާމަތްވުން ހުށްޓެވެ. ފަހެ! މީހާ ސަލާމަތްވުން ވާނީވެސް އަދި ހަލާކުވެ ނެތިދާނީވެސް ދުލުގެ ސަބަބުންނެވެ."
އިންސާނާ އޭނާގެ ދުލާއި މެދު ރައްކާތެރިވެ، ނުބައި ކަންތަކުން އެ ދޫ އެއްކިބާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަރު ބަހެއްގައި ވެއެވެ. " ކަނޑިން ކުރާ ޒަޚަމުގެ ފާރު ބޭސް ކުރުމުން ފަސޭހަވެއެވެ. އެކަމަކު އިންސާނާގެ ދުލުންކުރާ ފާރަކީ ދުވަހަކުވެސް ފަސޭހަވުމެއް ނެތް ފާރެކެވެ." އެހެން ކަމުން ތިމާގެ ދުލަކީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމާއަށް ދެއްވި އެންމެ އަގުބޮޑު ގުނަންކަން ދެނެ ގަތުމާއި އެކު އެދުލުގެ ފާރުން އިންސާނުން ޒަޚަމް ކުރުމުން އެއްކިބާވުން ހުށްޓެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (2)  " مَا يَلْفِظُ مِنْ قَوْلٍ إِلَّا لَدَيْهِ رَقِيْبٌ  " (سورة ق 18 )  މާނައީ ކުރާ ޢަމަލުތައް ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކު ނެތި އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވެއެވެ. ކަލަގޮވުން:
 ތިމާގެ ފަރާތުން މީހަކަށް ކަމެއް ކޮށް ދިނުމަށްފަހު އެކަމެއްގެ ވާހަކަ އެހެން މީހުންގެގާތުގައި ދެއްކުމާއި، މީހަކަށް ކޮށްދިން ކަމެއްގެ ވާހަކަ ، ނުވަތަ ދިން އެއްޗެއްގެ ވާހަކައިން ކަލަގޮވުމަކީވެސް ދުލުން ކުރެވޭ ފާފަތަކުގެ ތެރެއިން ފާފައެކެވެ. އެކަމުގެ ސަބަބުން  އަނެކުންގެ ކުރިމަތީގައި ތިމާގެ އަގު ވެއްޓި، ގުޅުންތައް ކުޑަވެގެން ދެއެވެ.  އެކިއެކި މަޖިލީސް ތަކުގައި ތިބޭ ހިނދު އެހެންމީހުން ހިތް ނޭދޭ ވާހަކަ ތަކުން ދުރުހެލި ވުމަށާއި، ދުލުގެ ފާފަތަކަށް އަރައި ނުގަތުމަށް ވަޞިއްޔަތް ކުރައްވާ   ލުޤުމާނުގެފާނު  އެކަލޭގެފާނުންގެ ދަރިކަލުންނަށް ވަޞިއްޔަތް ކުރައްވަމުން ވިދާޅުވިއެވެ.  (3) " ތިބާ ނަމާދުކުރާއިރު ހިތް ރައްކާތެރިކުރާށެވެ. ތިބާ މަޖިލީހެއްގައިވާނަމަ ތިބާގެ ދުލަށް ރައްކާތެރިވާށެވެ. މީސްތަކުންގެ ގެތަކަށްގޮސް ބެލުން ތިރިކުރާށެވެ. ކެއުމުގެ މަޖިލީހެއްގައި އިށީންނަނަމަ މަޢިދާއަށް ރައްކާތެރިވާށެވެ. މީސްތަކުން ތިބާއަށް ކުރާ އިހާނަތް ތެރިކަން ފާޅު ނުކުރާށެވެ. އަދި ތިބާ މީހުނަށް ކޮށްދީފައިވާ އިޙުސާންތެރިކަމުގެ ވާހަކަ އެހެންމީހުންގެ ގާތުގައި ނުދައްކާށެވެ. މާތް ﷲ ހަނދުމަކުރުން ނައްތާނުލާށެވެ. އަދި އާޚިރަތް ދުވަސްމަތިން ހަނދާން ނައްތާނުލާށެވެ.  
 ދޮގު ހެކި ދިނުން؛
ދުލުން ކުރެވޭ ފާފަ ތަކުގެތެރެއިން އެންމެ ނުބައިކަން ބޮޑު އެއް ފާފައަކީ ދޮގު ހެކި ދިނުމެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގައި ބައިބައިވުން އުފެދެއެވެ. ނުޙައްޤުން އެތައް އަދަބު ތަކެއް މީސްތަކުންނަށް ލިބި އެތައް ޙައްޤު ތަކަކަކުން މަޙްރޫމް ވެވިދެއެވެ. ކުށްވެރީން ސަލާމަތްވެ ކުށެއް ނެތް މީހުނަށް އުޤޫބާތް ލިބެއެވެ.  ނާ ޖާއިޒު ފައިދާތަކާއި، ޙަރާމް ފައިސާތައް ލިބި ތިމާއާއި، ތިމާ ލޯބިވާ ޢާއިލާ ޖަހަންނަމައިގެ ދަރަށް ހަދާލެވެއެވެ. ދޮގު ހެކި ދިނުމުގެ ސަބަބުން ތިމާއަށާއި، މުޖުތަމަޢަށް މިނޫންވެސް އެތައް ގެއްލުމެއް ލިބެމުން ދާއިރު ދޮގު ހެކި ދިނުމުގެ ސަބަބުން ޤިޔާމަތް ދުވަހުން ހުރި ޢަޛާބާއިމެދު ބިރުވެތިވުން ހުށްޓެވެ.
Text Box: (3) އަލްމިންބަރު އޮކްޓޯބަރ 2004 އިސްލާމީ ކަންތައް ތަކާބެހޭ އެންމެ މަތީ މަޖިލިސް (12 ވަނަ ޞަފްޙާ)
(4) އަލްމިންބަރު އޯގަސްޓް 2002  އިސްލާމީ ކަންތައް ތަކާބެހޭ އެންމެ މަތީ މަޖިލިސް (9 ވަނަ ޞަފްޙާ )
އަބީ ބަކްރާގެ ކިބައިން ރިވާވެގެންވެއެވެ. رَسُوْلُ اللهِ z حَدِيْث  ކުރެއްވި އެވެ.  (4)  " قَالَ: أَنَا أُنَبِّئُكُمْ بِا الْأَكْبَرِ الْكَبَائِرِ –ثَلَاثًا –قُلْنَا بَلَى يَا رَسُوْلُ اللهِ قَالَ: أَلْإِشْرَاكُ بِا اللهِ وَعُقُوْقُ الْوَالِدَيْنَ , وَقَتْلَ النَّفْسِ , وَكَانَ مُتَّكِئًا,  فَجَلَسَ وَقَالَ: أَلَأ وَقَوْلِ الزُّوْرِ , وَشَهَادَةُ الزُّوْرِ , فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا لَيْتَهُ سَكَتَ " ( متّفّق عليه) މާނައީ: ބޮޑެތި ފާފަތަކުގެތެރެއިން އެންމެ ބޮޑެތި ކަންކަމުގެވާހަކަ ތިމަން ކަލޭގެފާނު ތިޔަބައިމީހުނަށް ބުނެދެއްވަންހެއްޔެވެ! މިގޮތަށް 3 ފަހަރު ޙަދީޘް ކުރެއްވުމުން ތިމަންމެން ދެންނެވީމުއެވެ. އާދޭހެވެ! މާތް ﷲ ގެ ރަސޫލާއެވެ. ދެން ޙަދީޘް ކުރެއްވިއެވެ. " އެއީ ﷲ އަށް ޝަރީކުކުރުމާއި، މައިންބަފައިންނަށް ނުބައިވުމާއި، ޙައްޤަކާއި ނުލައި މީހަކު މަރާލުމެވެ. މިހެން ޙަދީޘްކުރެއްވީ ލެނގި ވަޑައިގެން އިންނަވާފައެވެ. ދެން ތެދުވެވަޑައިގެން އިންނަވާފައި ޙަދީޘް ކުރެއްވިއެވެ. ދަންނާށެވެ. ދޮގުބަސްބުނުމާއި، ދޮގު ހެކި ދިނުމެވެ. " މިބަސްފުޅު ތަކުރާރުކުރެއްވުމުގައި ފިލާވަޑައި ނުގެން އިންނެވުމުން ދެން ހުއްޓާލައްވާނެ ނަމައޭ ތިމަންބޭކަލުންނަށް ބުނެވުނެވެ. މި ޙަދީޘްފުޅުން ދޮގު ހެދުމާއި، ދޮގުހެކި ދިނުމުގެ ހުރި ނުބައިކަން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ.
ޣައިބު އެނގޭ ކަމަށް ބުނުން؛
މާތްވެގެންވާ އިސްލާމް ދީނުގެ ނޫރުން މިޢާލަމަށް އަރައިގެން ދިޔަ ގަދަ އަލިކަމާއެކު އުޑުތަކަށް އަރައި ޖާސޫސް ކުރަމުން ވައްކަން ކުރަމުން ދިޔަ ޖިންނީންގެ މަސައްކަތްތައް ހުއްޓި ކަހީނު ކަން ބާޠިލު ވެގެން ހިނގައްޖެއެވެ. ނަމަވެސް މަކަރާއި ޙީލަތުގެ ވެރީން ޝައިޠާނާގެ އަޅުވެތި ކަމުގައި ހައްޔަރުވެ، ތިމަތިމާމެންނަކީ ޣައިބު އެނގޭ ބަޔަކު ކަމުގައި ދަޢުވާ ކުރަމުން ދެއެވެ. އެދަޢުވާއަށް އީމާން ވަމުންދާ މަދު ބަޔަކު ނަމަވެސް ފެންނަމުންދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.
 ޣައިބުގެ ޢިލްމު އެނގޭ ކަމުގައި ދަޢުވާ ކުރަމުން ގެންދާ ފާޖިރުންނަކީ  މުޖުތަމަޢުގައި ފަސާދަ އުފެއްދުމާއި، އޮޅުވާލުމާއި، މަކަރާއި ޙީލަތް ހެދުމުގައި ޙައްދު ފަހަނައަޅާ ގޮސްފައިވާ ބައެކެވެ.  ޣައިބުގައި ހިނގާ ކަންތަކުގެ މަޢުލޫމާތު އެނގޭކަމަށްހެދި، ދޮގުހަދާ އޮޅުވާލުމުގައި އެބައިމީހުންގެ ދޮގު ޖާދޫގެ މައިގަނޑު ލަނޑު ދަނޑިއަކީ މުސްލިމުންގެ އީމާންކަމުގެ ބިންގާ ގުޑުވާލުމެވެ. އެބައިމީހުންގެ ތެރޭގައި ޝިރުކުގެ ދައު ފަތުރައި، ދަލުގައި ޖެއްސުމެވެ.  
Text Box: (5)އަލްމިންބަރު އޭޕްރީލް 2004 އިސްލާމީ ކަންތައް ތަކާބެހޭ އެންމެ މަތީ މަޖިލިސް (26 ވަނަ ޞަފްޙާ)
(6)އަލްމިންބަރު އޭޕްރީލް 2004  އިސްލާމީ ކަންތައް ތަކާބެހޭ އެންމެ މަތީ މަޖިލިސް (26 ވަނަ ޞަފްޙާ )
މިބައިމީހުންގެ ނުރައްކާތެރިކަމާއި، މިބައިމީހުންގެ ދަލުގައި ނުޖެހުމަށް އިރުޝާދު ދެއްވަމުން ކީރިތި ނަބިއްޔާ z حَدِيْث  ކުރައްވާފައިވެއެވެ. (5) مَنْ أَتَى عَرَّافًا فَسَئَلَهُ عَنْ شَيْئٍ فَصَدَّقَهُ, لَمْ تُقْبَلُ لِهُ صَلَاةً أَرْبَعِيْنَ يَوْمًا  ( رواه مسلم ) މާނައީ ޣައިބުގައިވާ ކަންތައް ދަންނަކަމަށް ހަދައިގެން އުޅޭ މީހާގެ ގާތަށްގޮސް ޣައިބުގައިވާ ކަމަކާއިމެދު ސުވާލުކޮށް، އެމީހާ އެކަމަކާއިމެދު، ބުނިއެއްޗެއް ތެދުކޮށް ޤަބޫލުކޮށްފިމީހާ ދަންނާށެވެ! ހަމަކަށަވަރުން ސާޅީސް ދުވަސްވާނދެން އެމީހާ ކުރާ ނަމާދެއް ޤަބޫލު ނުކުރައްވާހުށްޓެވެ.
 އަބޫ ހުރައިރާގެ އަރިހުން ރިވާ ވެގެންވާ ޙަދީޘެއްގައިވެއެވެ. (6) " مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ بِمَا يَقُوْلُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ " (رواه أحمد والبيهقي والحاكم ) މާނައީ ޣައިބުގައިވާ ކަންތައް ދަންނަކަމަށް ހަދައިގެން އުޅޭ މީހެއްގެ ގާތަށް ނުވަތަ ކާހިނެއްގެ ގާތަށްގޮސް އޭނާ ޣައިބުގައިވާ ކަންކަމާމެދު ބުނާ އެއްޗެއް ގަބޫލުކޮށް ތެދުކޮށްފިމީހާ ދަންނާށެވެ. ފަހެ! ހަމަކަށަވަރުން އެމީހާ މުޙައްމަދު رَسُوْلُ اللهِ z ގެ މައްޗަށް ބާވާލެއްވުނު ތަކެއްޗަށް ކާފިރު ވެއްޖެއެވެ.  
މަލާމާތާއި، ފުރައްސާރަ ކުރުން :
މަލާމާތާއި ފުރައްސާރަ ކުރުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގައި މީހާގެ އަގު ވެއްޓި މާތް ﷲ ގެ ރަސްކަންފުޅު ހަނދުމަވުން ދުރު ކުރާ ކަމެކެވެ. ހަމަ އެފަދައިން މަލާމާތާއި ފުރައްސާރަ ކުރާ މީހާ އޭނާގެ ނަފްސާ މެދުގައިވެސް ބަލައި ނުލައެވެ. ކިތަންމެ ކުޑަކޮށް ނަމަވެސް ތިމާގެ ސޫރަ ދެކި، އެ ސިފައިގައި ހުރި އުނި ކަންކަން އިޙުސާސް ކުރާނަމަ އެފަދަ ހަޑި ކަންތަކުން ދުރުހެލިވުމަށް މަސައްކަތް ކުރާނެއެވެ. رَسُوْلُ اللهِ z حَدِيْث  ކުރެއްވި އެވެ. (7) " إتَّقِ الْمَحَارَمِ تَكُنْ أَعْبُدُ النَّاسِ , وَأَرْضٍ بِمَا قَسَمٌ اللهِ لَكَ تَكُنْ أَغْنَى النَّاسِ , وَاَحْسَنُ إِلَى جَارُكَ تَكُنْ مُؤُمِنًا , وَاَحِبٌّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُسْلِمًا " ( رواه أبو داؤود ) މާނައީ ހަރާމް ކުރެއްވި ކަންތައްތަކުން ތިބާ ދުރުހެލިވާށެވެ. އޭރުން އެންމެބޮޑު އަޅުވެރިޔަކަށްވާނެއެވެ. މާތް ރަސްކަލާންގެ ތިބާއާމެދު ލައްވާފައިވާ މިންވަރަށް ރުހި ޤަބޫލުވާށެވެ. އޭރުން ތިބާ އެންމެ މުއްސަނދި މީހަކަށްވާނެއެވެ. އަދި ތިބާގެ އަވަށްޓެރިންނަށް ހެޔޮކޮށް ހިތާށެވެ. ތިބާއަކީ މުއުމިނަކަށް ވާނެއެވެ. ތިބާގެ ނަފްސަށް ލޯބި ކުރާ ކަންތަކަށް އެހެންމީހުނަށް ލޯބި ކުރާށެވެ. އޭރުން ތިބާ މުސްލިމަކަށްވާނެއެވެ.
ހަދަހަދައިގެން ވާހަކަ ދެއްކުން:
Text Box:  (7) އަލްމިންބަރު އޮކްޓޯބަރ 2004 މޫސާ އަންވަރު ޙަސަން އިސްލާމީ ކަންތައް ތަކާބެހޭ އެންމެ މަތީ މަޖިލިސް (33 ވަނަ ޞަފްޙާ)މާތް ﷲ އަށް ފުރިހަމައަށް އީމާންވެގެންވާ މީހުނަކީ އެބައިމީހުންގެ ދުލުގެ އާފާތްތަކުން އޭނާގެ މުސްލިމު އަޚާ ސަލާމަތް ކުރުމަށް މަސައްކަތް ކުރާ މީހާއެވެ. އެހެންކަމުން ހަދަހަދައިގެން ދައްކާ ނުބައި ވާހަކަ ތަކުގެ ސަބަބުން ރަޙްމަތް ތެރީން ހަތުރުންނަށް ބަދަލުވެ، ޖަމާޢަތުގެ އެއްބައެއް ވަންތަކަމާއި، އެކުވެރި ކަމުގެ ގުޅުންތައް ހަލާކު ކޮށްލައެވެ. މިއީ ޝައިޠާނާ އެކަމަކަށް އަބަދާއި

އަބަދު ފެން ބޮވައިގެންފައިވާ އެއް ބޭނުމެވެ. ވީއިރު އެޝައިޠާނާ ފަހާލުމުގެ ބަދަލުގައި އެއީ އެކުވެރިޔަކަށް ހެދުން ހެޔޮވާނެތޯއެވެ؟  
رَسُوْلُ اللهِ z حَدِيْث  ކުރެއްވި އެވެ. (8)  " لَا يَسْتَقِيْمُ إِيْمَانُ عَبْدٍ حَتَّى يَسْتَقِيْمَ قَلْبُهُ, وَلَا يَسْتَقِيْمُ قَلْبُهُ, حَتَّى يَسْتَقِيْمَ لِسَانُهُ " މާނައީ: އަޅާ އޭނާގެ ހިތް ސީދާވެއްޖައުމަށްދާނދެން އޭނާގެ އީމާންކަން ސީދާ ނުވާހުށްޓެވެ. އަދި އޭނާގެ ދޫ ސީދާވެއްޖައުމަށްދާނދެން އެމީހާގެ ހިތް ސީދާ ނުވާހުށްޓެވެ.
(9) " يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِيُرَوْا أَعْمَالَهُمْ (6) فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ (7) وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ (سورة الزلة8-6) މާނަ: އެދުވަހުން މީސްތަކުން ތަފާތު ބައި ބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ. ފަހެ! ޒައްރެއްގެ މިންވަރު ވިޔަސް ހެޔޮކަމެއްކޮށްފިމީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރު ވިޔަސް ނުބައިކަމެއްކޮށްފިމީހާ އޭނާ އެކަން ދެކޭނެއެވެ.
(10) أَلْمُسْلِمُ مَنْ سَلِمَ الْمُسْلِمُوْنَ مِنْ لِسَانِهِ وَيَدِهِ އެންމެ ހެޔޮ މުސްލިމަކީ އެމީހާގެ އަތާއި ދުލުގެ ސަބަބުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ.
ބުނި ބުންޏަށް ވާހަކަ ދެއްކުން:
ދުލަކީ އިންސާނާއަށް ދެއްވާފައިވާ އެންމެ އަގުގުނަވަން ކަމުގައި ވީހިނދު އެ ގުނަވަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، އެކުވެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ތިމާއަށް އެކަމުގެ ޙަޤީޤަތް ނޭގޭ ވާހަކަތަކާއި ކަންކަމުގެ މައްޗަށް ބުނި ބުންޏަށް ވާހަކަތައް ދެއްކުން ވަނީ ނަހީ ކުރައްވާފައެވެ. މިކަމުގެ ނުބައިކަން ބަޔާން ކުރައްވާ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(11) وَقُلْ لِعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ إِنَّ الشَّيْطَانَ يَنْزَغُ بَيْنَهُمْ إِنَّ الشَّيْطَانَ كَانَ لِلْإِنْسَانِ عَدُوًّا مُبِينًا (أَلإسرا 53) މާނައީ  އެންމެ ރިވެތި ބަސް ތަކުން ވާހަކަ ދައްކައި އުޅުމަށް ތިމަން ރަސްކަލާންގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ޝައިޠާނާ އެބައިމީހުންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން ޝައިޠާނާ އީ އިންސާނާއަށް ފާޅު ވެގެން ހުރި ޢަދާވަތް ތެރިއަކު ކަމުގައިވިއެވެ. ( ކީރިތި ޤުރުއާނުގެ ތަރުޖަމާ 2007 ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް)ޞ
(12) يَا أَيُّهَا الَّذِينَ آَمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ އަލްޙުޖުރާތު 6 ދޮގު ވާހަކަތަކާއި، ދޮގު ޚަބަރުތައް ފަތުރާ މީހުނާއި މެދު  މާނައީ: އޭ! އީމާންވީ މީހުނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކައިގެން އަތުވެއްޖެނަމަ އޭގެ ދޮގު، ތެދު ބަލައި ޙަޤީޤަތް ބަލާ|ށެވެ. އެއީ ނޭނގި ތިބެ ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުމެއް ދެވިދާނޭތީއެވެ.. ފަހެ! އެހެންވެއްޖެނަމަ ތިޔަބައިމީހުންކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެއެވެ.
އަބުރާ ބެހުމާއި، މައިންބަފައިންނަށް ގޮވުން:  
އަބުރާއި ބެހުމާއި، އެކަކު އަނެކެއްގެ މައިންބަފައިންނަށް ނުބައި ބަސްބަހުން ގޮވާ ހެދުން މާތް ﷲ އާއި، އެކަލާންގެ ރަސޫލާ މި އުއްމަތަށް ވަނީ މަނާކުރައްވާފައެވެ. އަދި އިންސާނާގެ އަބުރަކީ ޙުރުމަތް ތެރި ކުރައްވާފައިވާ އެއްޗެއްކަން ބަޔާން ކުރައްވާ  ޙައްޖަތުލް ވަދާޢުގައި އުއްމަތާއި، މުޚާޠަބު ކުރައްވާ رَسُوْلُ اللهِ z حَدِيْث  ކުރެއްވިއެވެ. (13) " إِنَّ دِمَا ئَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ عَلَيْكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا وَكَحُرْمَةِ شَهْرِكُمْ هَذَا فِيْ بَلَدِكُمْ هَذَا " ( رواه البخاري ومسلم ) ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި، ( އެބަހީ ތިޔަބައިމީހުންގެ މުދަލާއި، ފުރާނައާއި، ތިޔަބައިމީހުންގެ އަބުރަކީ) ތިޔަބައިމީހުންގެ މެދުގައި ޙުރުމަތްތެރިވެގެންވާ ތަކެއްޗެވެ. އެބަހީ ޙައްޤަކާއިނުލައި މިއިން އެއްޗަކަށް އަރައިގަތުމަކީ ޙަރާމް ކަމެކެވެ. އެއީ ތިޔަބައިމީހުންގެ މިއަދު ( ޢަރަފާތު ދުވަސް ) ޙުރުމަތްތެރިވެގެންވާ ފަދައިންނެވެ. އަދި ތިޔަބައިމީހުން މިހާރު ވޭތު ކުރާ މައްސަރު، ( ޙައްޖުމަސް) ފަދައިންނެވެ. އަދި ތިޔަބައިމީހުންގެ މިރަށް ( މައްކާ ) ފަދައިންނެވެ. އަލްމިންބަރު އޭޕްރީލް  2004  އިސްލާމީ ކަންތައް ތަކާބެހޭ އެންމެ މަތީ މަޖިލިސް (34 ވަނަ ޞަފްޙާ )
(15) وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ وَاصْبِرُوا إِنَّ اللَّهَ مَعَ الصَّابِرِينَ އަންފާލު 46  އަދި ﷲ އަށާއި އެކަލާންގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ. ދެބަސްވެ އަރާރުންވާނަމަ ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރު ކެނޑިގެން ހިނގައިދާނެއެވެ. ތިޔަބައިމީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއި އެކުގައެވެ. ( އަލްމިންބަރު ޑިސެމްބަރ 2007 ބޭރުގަނޑުގެ އެތެރެފަރާތް  )
(16) تَبَسُّمُكَ فِيْ وَجْهِ أَخِيْكَ لَكَ صَدَقَةً, وَاَمْرُكَ بِا الْمَعْرُوْفِ , وَنَهْيُكَ عَنِ الْمُنْكَرِ صَدَقَةً, وَإِرُشَادُكَ الرَّجُلَ فِيْ أَرْضِ الضَّلَالِ لَكَ صَدَقَةٌ ( رواه التّرمذي ) މާނައީތިބާގެ އަޚާގެ މޫނުމަތީގައި ތިބާ ހިނިތުންވެލުމަކީ ތިބާއަށްހުރި ޞަދަޤާތެކެވެ. އަދި ތިބާ ހެޔޮކަމަކަށް ގޮވާލައި މުންކަރާތަކުން ނަހީ ކުރުމަކީ، ތިބާއަށްހުރި ޞަދަޤާތެކެވެ. އަދި މަގު ގެއްލިފައިވާ މީހާއަށް މަގު ދައްކައި ދިނުމަކީ ތިބާއަށްހުރި ޞަދަޤާތެކެވެ.
އަވަށްޓެރިންނަށް އުނދަގޫ ކުރުން:
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (17)  " وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ ( سورة التوبة 71)  މާނައީ:މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނީ އޭގެ އެއްބަޔަކު އަނެއްބައެއްގެ އެހީތެރިން ކަމުގައިވީ މީހުންނެވެ. އެބައިމީހުން ހެޔޮކަންތައްތަކަށް އަމުރުކުރެއެވެ. އަދި އެބައިމީހުން ނުބައިކަންތައް ނަހީކުރެއެވެ.  އިސްލާމީ ނަޒަރަކުން 2001 ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް މައުމޫނު ޢަބްދުލްޤައްޔޫމު (ޞަފްޙާ ނަންބަރު 148)
މުސްލިމުންނަށް ދުއްތުރާކޮށް އުނދަގޫ ފޯރުވާމީހުނާއި ބެހޭގޮތުން އަލް އަޙްޒާބު 58 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. (18) وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا އަދި އެބައިމީހުން ހޯދާގަތް ކުށަކާއި ނުލައި މުއުމިނު ފިރިހެނުންނަށާއި، މުއުމިނު އަންހެނުންނަށް އުނދަގޫކުރާ މީހުން ދަންނާށެވެ. ފަހެ! ހަމަކަށަވަރުން އެބައިމީހުންނީ ބުހުތާން ދޮގަކާއި، ފާޅުވެގެންވި ފާފައެއް ލިބިގެންފި ބައެކެވެ. ( އަލްމިންބަރު އޮގަސްޓް 2002 ޙަސަން ތައުފީޤު ޤަބްދުއްރަޙްމާނު ޞަފްޙާ 32)
ދޮގު ހެދުން:
حَدِيْث  ކުރެއްވިއެވެ. (19) " مَنْ كَانَ يُؤُمِنُ بِا اللهِ وَالْيَوْمِ الْأَخِرِ فَلْيَقُلْ خَيْرًا أَوْ لَيَصَمْتُ " ( متّفق عليه) ﷲ އަށާއި ޤިޔާމަތް ދުވަހަށް އީމާންވާމީހާ ބަހެއް ބުނާނަމަ ހެޔޮބަހެއްބުނާހުށިކަމެވެ. ނޫންނަމަ ހަނު ހުންނަ ހުށިކަމެވެ. އަލްމިންބަރު އޯގަސްޓް 2002 ޙަސަން ތައުފީޤު ޢަބްދުއްރަޙްމާނު އިސްލާމީ ކަންތައް ތަކާބެހޭ އެންމެ މަތީ މަޖިލިސް (30 ވަނަ ޞަފްޙާ )  
މުނާފިޤުންގެ ސިފަތައް ބަޔާންކުރައްވަމުން މުއުމިނުންގެ ދުލާއި، މުނާފިޤުންގެ ދޫ ޤާއިމުވެފައިވާގޮތް މާތް ރަސޫލާ މި އުއްމަތަށް ވަނީ އަންގަވާ ދެއްވަވާފައެވެ.   ޙަސަނުލް ބަޞަރީ ވިދާޅުވިއެވެ.  (13) "إِنَّ لِسَانَ الْمُؤُمِنُ وَرَاءَ قَلْبِهِ فَإِذَا أَرَادَ أَنْ يَتَكَلَّمَ بِشَيْئٍ تَدَبَّرَهُ  بِقَلْبِهِ ثُمَّ أَمْضَاهُ بِلِسَانِهِ وَإِنَّ لِسَانَ الْمُنَافِقِ أَمَامَ قَلْبِهِ فَإِذَاهُمْ بِشَيْئٍ أَمْضَاهُ بِلِسَانِهِ وَلَمْ يَتَدَبَّرَهُ بِقَلْبِهِ " މާނައީ: ހަމަކަށަވަރުން މުއުމިނާގެ ދޫ ވަނީ އޭނާގެ ހިތުގެ ފަހަތުގައެވެ. ކަމަކާއިމެދު ވާހަކަ ދައްކާން ގަސްދުކޮށްފިނަމަ އެންމެފުރަތަމަވެސް އެކަމަކާއިމެދު ވިސްނައެވެ. އޭގެފަހުގައި އޭނާގެ ދުލުން އެކަމެއް ފާޅުކުރެއެވެ. އަދި ހަމަކަށަވަރުން މުނާފިޤުންގެ ދޫވަނީ އޭނާގެ ހިތުގެ ކުރިމަތީގައެވެ. ފަހެ! އޭނާ ކަމެއް ކުރަން ގަސްދުކޮށްފިނަމަ ދުލުން އެކަމެއް ފާޅުކުރެއެވެ. އެކަމަކާމެދު ނުވިސްނައެވެ." އަލްމިންބަރު އޮކްޓޯބަރ 2004  އިސްލާމީ ކަންތައް ތަކާބެހޭ އެންމެ މަތީ މަޖިލިސް (42 ވަނަ ޞަފްޙާ )
دَعْ مَا يَرِيْبُكَ إِلَى مَا يَرِيْبُكَ فَإِنَّ الصِّدْقَ طَمَأُ نِيَّةٌ وَإِنَّ الْكَذِبَ رِيْبَةٌ ( رواه التّرمذي) މާނައީ ކަލެއަށް ޝައްކު އުފެދޭ ކޮންމެ ކަމެއް ދޫކޮށްލާށެވެ. ޝައްކު ނުއުފެދޭ ކަންތައްތަކުގައި ހިފާށެވެ. ފަހެ! ހަމަކަށަވަރުން ތެދުވެރިކަމަކީ ހިތްހަމަޖެހުމެކެވެ. ދޮގަކީ ޝައްކާއި، ހަމަނުޖެހުން އުފެދޭ ކަމެކެވެ. ( އަލްމިންބަރު އޮގަސްޓް 2003 ޞަފްޙާ 23)
ޤިޔާމަތްދުވަހަކީ ގޮތް ދޫނުކޮށް ކަނޑައެޅިގެން ދޮގު ހަދަމުން ދިޔަ މީހުނަށް އެކަމުގެ ރަހަ ލިބޭނޭ ދުވަސްކަން ބަޔާން ކުރައްވައި ކީރިތި ޤުރުއާންގައި ވަޙީ ކުރައްވާފައިވާއިންޒާރުގެ ބަސްފުޅު ވެއެވެ. إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ وَإِنْ تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِنْ لَدُنْهُ أَجْرًا عَظِيمًا ( އައްނިސާއު 40) މާނައީ ހަމަކަށަވަރުން ގާތްވެގެންވާ ޢަޒާބެއްގެ ވާހަކަ އިން ތިމަން ރަސްކަލާންގެ ތިޔަބައިމީހުނަށް އިންޒާރު ކުރެއްވީމެވެ. ( ކީރިތި ޤުރުއާނުގެ ތަރުޖަމާ  )
ބުއްދިވެރި ބަހެއްގައި ބުނެފައިވެއެވެ. " ދޮގު ހަދާމީހުންގެ މޫނުގެ އުޖާލާކަން ގެއްލިގެންދެއެވެ. އަދި ނުބައި ޚުލްޤުގެ ވެރީންގެ ހިތާމަތައް އިތުރުވާނެއެވެ."
ދުލުގެ އިތުބާރު ގާއިމުކުރުން:
أَلْعَيْنَاَنِ زِنَا هُمَا النَّظَرُ, وَالْأَذَ نَاَنُ زِنَاهُمَا الْإِسْتِمَاعُ , وَالّلِسَاَنُ زِنَاهُ الْكَلَامُ ,وَالْيَدُ زِنَا هَا الْبَطْشَ , وَالرَّجُلُ زِنَاهَا الْخُطُوِيْ, وَالْقَلْبُ يَهْوِيْ وَيَتَمَّنِيْ މާނައީ ދެލޮލުގެ ޒިނޭ އަކީ ޝަހްވާނީ އެދުމާއެކު އަންހެނަކާ ދިމާއަށް، ނުވަތަ ފިރިހެނަކާ ދިމާއަށް ބެލުމެވެ. އަދި ދެކަންފަތުގެ ޒިނޭއަކީ ފާޙިޝް ވާހަކަތައް އަޑުއެހުމެވެ. އަދި ދުލުގެ ޒިނޭއަކީ ފާޙިޝް ވާހަކަތައް ދެއްކުމެވެ. އަދި އަތުގެ ދިނޭއަކީ ހުއްދަ ނޫން ކަންތައް ކުރުމެވެ. އަދި ފައިގެ ޒިނޭއަކީ ފާޙީޝް ކަމަކާއި ދިމާއަށް ހިނގުމެވެ. އަދި ހިތުގެ ޒިނޭއަކީ ފަޙިޝް ކަމަކާއި، ބަދުއަޚްލާޤީ ޢަމަލެއް ހިންގުމަށް އެދުންވެރިވުމެވެ.  ( އަލް މިންބަރު ފެބްރުއަރީ 2004 އަޙްމަދު ޒާހިރު ޢަލީ ޞ 16)  
 وَالْعَصْرِ * إِنَّ الْإِنْسَانَ لَفِي خُسْرٍ *إِلَّا الَّذِينَ آَمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ * ސޫރަތުލްޢަޞްރު : މާނައީ ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙު ޢަމަލުތައްކޮށް އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަސިއްޔަތް ކޮށް އުޅުނު މީހުން މެނުވީއެވެ. ( ޤުރުއާނުގެ ތަރުޖަމާ )
ތިމާއާއި ނުބެހޭ ކަންކަމުގެ ވާހަކަ ދެއްކުން:
މުއުމިނުންނަކީ ބޭކާރު ވާހަކަތަކުން އެއްކިބާ ވެގެންވާ ބަޔަކު ކަމުގައި އަންގަވާފައިވެއެވެ. އެހެނީ އިންސާނާގެ ހިތާއި، ބުއްދިއާއި، އިވުމާއި، ފެނުމަކީ އެއާއި މެދު ސުވާލު ވެވޭނޭ ކަންކަމާއި ތަކެއްޗެވެ. وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا އަލް އިސްރާ 36 މާނައީ ތިބާއަށް އެކަމަކާއިމެދު އެނގުމެއް ނުވާކަމަކަށް ތިބާ ތަބަޢަ ނުވާށެވެ. ހަމަ ކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި މިއިން ކޮންމެ ކަމަކީ އެއާއިމެދު ސުވާލު ކުރެވޭނޭ ކަމެއް ކަމުގައިވެއެވެ.( އަލްމިންބަރު އޮގަސްޓް 2002 ޙަސަން ތައުފީޤު ޞަފްޙާ 29 )
 مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيْهِ މާނައީ އެނާއާއި ނުބެހޭ ކަމެއް ދޫކޮށްލުމީ އެމީހާގެ އިސްލާމް ކަމުގެ ރިވެތި ކަމުގެ ތެރެއިން ވާކަމެކެވެ. ( އަލްމިންބަރު އޮކްޓޯބަރ 2004 ޞަފްޙާ 26 )

قَدْ أَفْلَحَ الْمُؤُمِنُوْنَ * أَلَّذِيْنَهُمْ فِيْ صَلَاتِهِمْ خَاشِعُوْنً* وَالَّذِيْنَ هُمْ عَنِ الَّلغْوِ مُعُرِضُوْنَ * المؤمنون 3-1 މާނައީ: މުއުމިނުން ކާމިޔާބު ވެއްޖެކަން ކަށަވަރެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭމީހުންނެވެ. އަދި އެބައިމީހުންނަކީ ބޭކާރު ވާހަކަ ތަކާއި، ކަންތަކުން ދުރުވެގެން ތިބޭ މީހުންނެވެ.".( އަލްމިންބަރު އޮގަސްޓް ޙަސަން ތައުފީޤު 2002 ޞަފްޙާ 28 )
 ދެބައޮޑުވުން:
لَا يَدْخُلُ الْجَنَّةَ نَمَّامٌ ( متّفق عليه) ދެބައޮޑުވާމީހަކު ސުވަރުގެ ނުވަންނަ ހުށްޓެވެ. ( އަލްމިންބަރު އޮގަސްޓް 2002 ޙަސަން ތައުފީޤު ޞަފްޙާ 31)
 އަލްހުޖުރާތު 12 މާނައީ އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށެވެ. އަދި ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މުޅަމަސް މުޅަކޮށް ކެއުމަށް ލޯބި ކުރާނެ ހެއްޔެވެ؟ ފަހެ! ތިޔަބައިމީހުން އެކަމަކަށް ނުރުހޭނެއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަސްކަލާންގެއެވެ.( އަލްމިންބަރު އޮގަސްޓް 2002 ޙަސަން ތައުފީޤު ޢަބްދުއްރަޙްމާނު ޞ 30

 عَنِ ابْنِ عَبَّاسْ رَضِيَ اللهُ عَنْهُمَا , أَنَّ رَسُوْلُ اللهِ  z  مَرَّ بِقَبْرَيْنِ فَقَالَ : إِنَّهُمَا لَيُعَذِّبَانِ وَمَا يُعَذِّبَانِ فِيْ كَبِيْرٍ , بَلَى إِنَّهُ كَبِيْرٌ , أَمَّا أَحَدُ هُمَا فَكَانَ يَمْشِيْ بِا النَّمِيْمَةِ وَأَمَّا الْأَخَرُ فَكَانَ لَا يَسْتَتِرُ مِنْ بَوْلِهِ  މާނައީ އެދެބަފައި ކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. رَسُوْلُ اللهِ  z  މަހާނައެއްގެ ކައިރިން ވަޑައިގެންނެވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " ހަމަކަށަވަރުން އެދެމީހުނަށް ޢަޒާބު ލިބެނީއެވެ. ބައެއްމީހުން ހީކުރާގޮތުގައި އެދެމީހުނަށް ޢަޒާބު ލިބެނީ ބޮޑު ފާފައަކުން ނޫނެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން އެއީ ބޮޑު ފާފައެކެވެ. އެދެމީހުންކުރެ އެކަކު ދަންނާށެވެ. އޭނާވީ ދެބައޮޑުވަމުން ހިނގާ މީހެއް ކަމުގައެވެ. އަދި އަނެއްމީހާއާއިމެދު ދަންނާށެވެ. އޭނާވީ ކުޑަކަމުދާހިނދު ނަޖިހުން ރައްކައު ތެރި ނުވާމީހަކު ކަމުގައެވެ.( އަލްމިންބަރު އޮގަސްޓް 2002 ޙަސަން ތައުފީޤު ޞަފްޙާ 32)
لَا يُبَلِّغُنِيْ أَحَدٌ مِنْ أَصْحَابِيْ مِنْ أَحَدٍ شَيْئًا , فَإِنِّيْ أُحِبُّ أَنْ أَخْرُجَ إِلَيْكُمْ وَأَنَا سَلِيْمُ الصَّدْرِ * ( رواه أبو داؤود) މާނައީ ތިމަންކަލޭގެފާނުންގެ އަޞްޙާބުންގެތެރެއިން އެއްވެސް ބޭކަލެއްގެ ވާހަކަ އެހެން ބޭކަލަކު ތިމަން ކަލޭގެފާނަށް ގެނެސް ނުދެއްވާނެއެވެ. އެބަހީ ގެނެސް ނުދެއްވާހުށިކަމެވެ. އެހެނީ ހަމަކަށަވަރުން ތިމަން ކަލޭގެފާނު ލޯބި ކުރައްވަނީ ހިތްޕުޅު ހެޔޮކަންމަތީ ހުންނަވައިގެން ތިޔަބޭކަލުންގެ ތެރެއަށް ނުކުމެ ވަޑައިގަތުމަށެވެ. ( އަލްމިންބަރު އޮގަސްޓް 2002 ޙަސަން ތައުފީޤު ޞަފްޙާ 32)
ޤަޖުފު ކުރުން:
وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُولَئِكَ هُمُ الْفَاسِقُونَ ސޫރަތުއްނޫރު 4  ޢިއްފަތްތެރި އަންހެނުންނަށް ޤަޒުފު ކުރާމީހުން އެކަމުގެ މައްޗަށް 4 ހެކިން ނުގެނައިނަމަ ފަހެ! އެބައިމީހުންގެ ގައިގައި 80 އެތިފަހަރުން ޙައްދު ޖަހާށެވެ. އަދި ދުވަހަކުވެސް އެބައިމީހުންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ. އަދި އެބައިމީހުންނީ ހަމަ ފާސިޤުންއެވެ. ( އަލްމިންބަރު ޑިސެމްބަރ 2007 ޞަފްޙާ 21  )
إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآَخِرَةِ وَلَهُمْ عَذَابٌ عَظِيمٌ  ނޫރު 23 ހަމަކަށަވަރުން ޢިއްފަތްތެރި، ޣަފްލަތްތެރި ( އެބަހީ ފާފަކުރމުގެ ޚިޔާލުވެސް ނެތް ) މުއުމިނު އަންހެނުންނަށް ޤަޛުފު ކުރާމީހުނަށް ދުނިޔެއާއި އާޚިރަތުގައި ލައުނަތް ލައްވާފައިވެއެވެ،. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޒާބު ހުށްޓެވެ. ( ކީރިތި ޤުރުއާނުގެ ތަރުޖަމާ 2007 ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް 2007 ) ޞ 728
لَا يُؤُمِنُ أَحَدُكُمْ حَتَّى يُحِبُّ لِأَخِيْهِ مَا يُحِبُّ لِنَفْسِهِ ( رواه البخاري ) މާޏައީ : އޭނާގެ އަމިއްލަ ނަފްސަށްޓަކައި ލޯބި ކުރާއެއްޗެއް ނުވަތަ ކަމެއް އޭނާގެ އަޚާ އަށްޓަކައި ލޯބި ކޮށްފުމަށްދާނދެންތިޔަބައިމީހުންކުރެ އެކަކުގެވެސް އީމާންކަން ސީދާ ނުވާހުށްޓެވެ. ( އަލްމިންބަރު ޑިސެމްބަރ 2007 ޞަފްޙާ 41  )
 إِنَّ مِنْ شَرِّ النَّاسِ عِنْدَ اللهِ تَعَالَى مَنْزِلَةً يَوْمَ الْقِيَامَةِ مَنْ تَرَكَهُ النَّاسُ إِتِّقَاءَ فُحْشِهِ މާނައީ އެމީހެއްގެ ދުލާއި އަމަލުގެ ފާޙިޝްކަމަށް ބިރުން މީސްތަކުން އެމީހަކާއި ދުރުހެލި ވެފައިވާ މީހަކީ ޤިޔާމަތް ދުވަހުން ﷲ ގެ ޙަޟްރަތުގައި އެންމެ ނުބައި ދަރަޖައިގެ މީހުން ތަކުގެ ތެރެއިން ވާމީހެކެވެ.( އަލްމިންބަރު އޮކްޓޯބަރ 2004 ޙަސަން ތައުފީޤުޞަފްޙާ 27 )
ތުއި އަޑުން ވާހަކަ ދެއްކުން:
وَمَنْ يَقْنُتْ مِنْكُنَّ لِلَّهِ وَرَسُولِهِ وَتَعْمَلْ صَالِحًا نُؤْتِهَا أَجْرَهَا مَرَّتَيْنِ وَأَعْتَدْنَا لَهَا رِزْقًا كَرِيمًا * يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِنَ النِّسَاءِ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَعْرُوفًاއަލް އަޙްޒާބު 31 ،32  މާނައީ : އަދި ތިޔަ ކަނބަލުންގެތެރެއިން ﷲ އަށާއި، އެކަލާންގެ ރަސޫލާއަށް ކިޔަމަންތެރިވެ ޞާލިޙު ޢަމަލު ކުރާ މީހަކަށް އެމީހާގެ ދަރުމަ، ތިމަން ރަސްކަލާންގެ ދެގުނައަށް ދެއްވަވާ ހުށީމެވެ. އަދި ތިމަން ރަސްކަލާންގެ އެމީހަކަށްޓަކައި ސުވަރުގޭގައި ދީލަތި ދެއްވުމެއް ތައްޔާރު ކުރެއްވީމެވެ. އޭ ނަބިއްޔާގެ އަނބި އަނބި ކަނބަލުންނޭވެ! ތިޔަ ކަނބަލުންނީ އެހެން އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބައެއް ކަމުގައި ނުވަމުއެވެ. ތިޔަ ކަނބަލުން ﷲ އަށް ޓަކައި ތަޤްވާވެރިވެއްޖެނަމަ ފަހެ! ތިޔަ ކަނބަލުން ނޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! އެއީ ހިތުތެރޭގައި ނިފާޤުގެ ބަލިމަޑުކަމެއް،ހުރިމީހަކު ދަހިވެތި ވެދާނޭތީއެވެ. އަދި ތިޔަކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ! " ( އަލްމިންބަރު ޖުލައި  2006 ޞަފްޙާ 4 )
وَقُلْ لِعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ إِنَّ الشَّيْطَانَ يَنْزَغُ بَيْنَهُمْ إِنَّ الشَّيْطَانَ كَانَ لِلْإِنْسَانِ عَدُوًّا مُبِينًا އަލްއިސްރާ 53  ތިމަން ރަސްކަލާންގެ އަޅުންނަށް އެބައިމީހުން ހެޔޮ ބަސް ބުނެ އުޅުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އެހެނީ ހަމަކަށަވަރުން ޝައިޠާނާ އެބައިމީހުން ފަސާދަކުރެއެވެ. ހަމަކަށަވަރުން ޝައިޠާނާއަކީ އިންސާނާއަށް ހުރި ބަޔާންވެގެންވާ އަދާވާތްތެރިއެކެވެ. ( އަލްމިންބަރު އޮކްޓޯބަރ 2004 ޙަސަން ތައުފީޤުޞަފްޙާ 25 )
ބޭކާރު ވާހަކަ ދެއްކުމާއި، އަނގަ ތެޅުން:
عَلَيْكَ بِطَوْلِ الصَّمْتِ فَإِنَّهُ مَطْرَدَةٌ لِلشَّيْطَانِ وَ عَوْنٌ لَّكَ عَلَى أَمْرِ دِيْنِكَ މާނައީ ގިނައިރު ހަނު ހުރުން ކަލޭގެފާނުންގެ މައްޗަށް ހުށްޓެވެ. ފަހެ! އެއީ ޝައިޠާނާ ދުރު ކުރަނިވި ކަމެކެވެ. އަދި ދީނުގެ ކަންތަކުގެ މައްޗަށް ހުރި އެހީއެކެވެ. ( އަލްމިންބަރު އޮކްޓޯބަރ 2004 ޙަސަން ތައުފީޤުޞަފްޙާ 26 )
ޙަކީމަކު ވިދާޅުވިއެވެ. ކޮންމެ ކަމަކަށް އޮށެއްވެއެވެ. ޢަދާވަތްތެރިކަމުގެ އޮށަކީ ސަމާސާ ކުރުމެވެ. ( އަލްމިންބަރު އޮގަސްޓް 2002 ޞަފްޙާ 44)
ފިތުނަ ފަސާދަ އުފެއްދުން:
لَا خَيْرَ فِي كَثِيرٍ مِنْ نَجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ وَمَنْ يَفْعَلْ ذَلِكَ ابْتِغَاءَ مَرْضَاةِ اللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا النّساء 114  މާނައީ އެބައިމީހުންގެ ގިނަ ވާހަކަތަކުގައި ހެވެއް ނެތެވެ. ނަމަވެސް ޞަދަޤާތެއް ދިނުމަށް، ނުވަތަ ހެޔޮ އަމަލެއް ކުރުމަށް ނުވަތަ މީސްތަކުންގެ މެދުގައި ޞުލްޙަކުރުމަށް މަސައްކަތް ކުރާ މީހާ މެނުވީއެވެ. ( އަލްމިންބަރު އޮކްޓޯބަރ 2004 ޞަފްޙާ 26 )

لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا قَدْ يَعْلَمُ اللَّهُ الَّذِينَ يَتَسَلَّلُونَ مِنْكُمْ لِوَاذًا فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ " ނޫރު 63 ފަހެ! އެކަލާންގެ އަމުރުފުޅާއި ޚިލާފުވާމީހުނަށް ހަމަކަށަވަރުން ބަލާއެއް ނުވަތަ ވޭންދެނިވި ގަދަފަދަ ޢަޒާބެއް ޖެހިދާނޭކަމަށް ބިރުވެތި ވާށެވެ. ޤުރުއާނުގއެ ތަރުޖަމާ )
وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ ނަޚްލު 97 މާނައީ މުއުމިނެއްކަމުގައިވާ ޙާލު ފިރިހެނުންގެތެރެއިންވިޔަސް އަންހެނުންގެ ތެރެއިން ވިޔަސް ޞާލިޙު އަމަލެއްކޮށްފިމީހާ ދަންނާށެވެ! ފަހެ. ހަމަކަށަވަރުން އެމީހަކަށް ބާއްޖަވެރި ދިރިއުޅުމެއް ތިމަން ރަސްކަލާންގެ ދެއްވާހުށީމެވެ. އެމީހުން އަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން އެބައިމީހުންނަށް ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ. ޤުރުއާނުގެ ތަރުޖަމާ
وَاكْتُبْ لَنَا فِي هَذِهِ الدُّنْيَا حَسَنَةً وَفِي الْآَخِرَةِ إِنَّا هُدْنَا إِلَيْكَ قَالَ عَذَابِي أُصِيبُ بِهِ مَنْ أَشَاءُ وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُمْ بِآَيَاتِنَا يُؤْمِنُونَ އައުރާފް 156 މާނައީ އަދި ތިމަން ރަސްކަލާންގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސްވެގެންވެއެވެ. ފަހެ! ތަޤްވާވެރިވެ، ޒަކާތްދީ، އުޅޭ މީހުންނަށާއި، އަދި ތިމަން ރަސްކަލާންގެ އާޔަތްތަކަށް އީމާންވާމީހުންނަށް ތިމަން ރަސްކަލާންގެ އެނިޢުމަތް ލިޔުއްވާހުށީމެވެ. ޤުރުއާނުގެ ތަރުޖަމާ  

ދުނިޔެއާއި މެދު ނުބައި ބަސް ބުނާ މީހެއް ގެ އަޑު އިވި ވަޑައިގެން ޢަލީގެފާނު ވިދާޅުވިއެވެ. " ދުނިޔެއަކީ ތެދުވެރިކަމެވެ. އެއީ އެދުނިޔެ ތެދުވެރިތަނަކަށް ހެދި މީހަކަށެވެ. ދުނިޔެ ދަންނަމީހަކަށް ދުނިޔެއަކީ ރައްކައު ތެރިކަމެކެވެ.

  އެފާފަތައް ކުރާ މީހުންނަށް ޤިޔާމަތްދުވަހު ހުރި ޢަޛާބާއި، އެކަމުގެ ސަބަބުން މުޖުތަމަޢަށް ކުރާަސަރާއި އެކަންކަމުން ސަލާމަތްވުމަށްޓަކައި ޢަމަލު ކުރަންވީ ގޮތްވެސް އެސައިންމެންޓުގައި ހިމަނަންވާނެއެވެއިންސާނާގެ ދުލާއި ގުޅިފައިވާ އަޅުކަންތަކުގެ ތެރޭގައި ދެ ޝަހާދަތް ކިޔުމާއި، ޤުރުއާން ކިޔެވުމާއި، މާތް ﷲ އަށް ޒިކުރު ޖކުރުމާއި، ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމާއި، އެހެން މީހުނާއި މުޚާޠަބު ކުރާއިރު އޯގާވެރިކަމާއި އެކު މުޚާޠަބު ކުރުމާއި، ހިމެނިގެން ވެއެވެ. ހަމައެފަދައިން ދޮގު ހެދުމާއި، ދޮގު ހެކި ދިނުމާއި، ބުންޏޭ ބުންޏޭ ކިޔައިގެން ވާހަކަތައް ފެތުރުމާއި، މީސްތަކުން ނުރުހޭ ވާހަކަތައް ތިބި ތަންތާގައާއި، ނެތް ތަންތާގައި ދެއްކުމާއި މިފަދަ ކަންކަމުން ރައްކައުތެރިވެ އެކަންކަމުން ދުރުވެ ގަތުމީވެސް ދުލުން ކުރެވޭ އަޅުކަމެކެވެ.

 (7)އިސްލާމީ ނަޒަރަކުން 2001 ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް މައުމޫނު ޢަބްދުލްޤައްޔޫމު (ޞަފްޙާ ނަންބަރު 70) (8)ދުރޫސުލްއަޚްލާޤް 1358 މުޙައްމަދު ޖަމީލު ދީދީ (17 ވަނަ ޞަފްޙާ)

(11) އަލްމިންބަރު އޭޕްރީލް 2006 އިސްލާމީ ކަންތައް ތަކާބެހޭ އެންމެ މަތީ މަޖިލިސް (44 ވަނަ ޞަފްޙާ 


d
އަލް އުސްތާޛު ޢަބްދުއްސައްތާރު ޢަލީ
=އެންދެރި ގަލަން=
ވަނަވަރު:
ދ.ހުޅުދެލީ އައްސޭރި އަލް އުސްތާޛު ޢަބްދުއްސައްތާރު ޢަލީ ( ގާޒީ ސައްތާރު ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1943 ވަނައަހަރު ހުޅުދެލީގައެވެ. އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަލީ އަކީ ރަށުގެ ޤަދަރު ވެރި ޢާއިލާއަކަށް އުފަންވެ ވަޑައިގެންފައިވާ ބޭކަލެކެވެ.  މަންމާ ފުޅަކީ ހުޅުދެލީ ޙުސައިން އިސްމާޢީލް ( ނައިބު ކަލޭގެ ) ދަރިކަނބަލުން ފާޠިމަތެވެ. ބައްޕާފުޅަކީ ހުޅުދެލީ ރައްކަލުބޭގެ، ޙުސޭނުގެ،މުޙައްމަދު ޚަޠީބު ގެ، ޢަލީ  ކަތީބެވެ.  އަލް އުސްތާޛު އަބްދުއްސައްތާރު ޢަލީ ބޮޑުފުޅުވަމުން ދިޔައީ ސީދާ މަންމާ ފުޅާއި، ބައްޕާ ފުޅުގެ ބެއްލެވުމުގެ ދަށުންނެވެ. އެއީމީހުނާއި، ގުޅުން އުފައްދަވަން ފަރިތަކަމުގެ އިތުރުން ރަޙްމަތްތެރިންގެ ރަޙްމަތްތެރިކަމަށް ނުހަނު އިޙްތިރާމް ކުރައްވާ ސަކަ މިޒާޖެއްގެ ބޭފުޅެކެވެ.
ތަޢުލީމީ ޙަޔާތް
ދާރުލް އިޤާމާގައި ހުންނަވައިގެން މަދަރުސަތުލް މަޖީދިއްޔާއިން ތަޢުލީމު ޙާޞިލް ކުރައްވާން ފެއްޓެވިއެވެ.މ އިސްކޯލުން އިބްތިދާއީ  4ން ތަޢުލީމު ނިންމެވުމަށްފަހު ޘާނަވީ ގައި ކިޔަވާ ވިދާޅުވަނިކޮށް ( ޢުމުރުފުޅުން 14 އަހަރުފުޅުގައި ) ބައްޕާފުޅު އަވަހާރަވެ ވަޑައިގަތުމާއެކު ކިޔެވުން މެދު ކަނޑުއްވާލެއްވުމަށްފަހު ރަށަށް ވަޑައިގެންނެވިއެވެ. އެއަށްފަހު ޢާއިލާއަށް އެހީތެރިވެ ވަޑައިގަތުމުގެ ގޮތުން ހުޅުދެލީ ކާޑުގޭގެ ކާތިބެއްގެ މަޤާމު އަދާ ކުރައްވަން ފެއްޓެވިއެވެ. އެއަށްފަހު އަނެއްކާވެސް މާލެއަށް ބަދަލުވެ ވަޑައިގެން އަތޮޅު ފިހާރައިގެ ކާތިބު ކަމުގެ ވަޒީފާ އަދާކުރައްވަމުން 1968 ވަނައަހަރު ގާޒީން ތަމްރީނުކުރާ ކޯހުގައި  ބައިވެރިވެ ވަޑައިގެން ކޯހުގެ 40 ބައިވެރީންގެ ތެރެއިން 3 ވަނަ ޙާޞިލް ކުރެއްވިއެވެ.
ކުރެއްވި ކާވެނިފުޅުތަކާއި، ލިބިވަޑައިގަތް ބޭފުޅުން:
1962 ވަނަ އަހަރު (ޢުމުރުފުޅުން 19 އަހަރު ފުޅުގައި) ފުރަތަމަ ކާވެނި ބައްލަވައިގަތީ ދ.ހުޅުދެލީ ބުލޫނިމާގޭ ޢައިޝަތު އަޙްމަދާއެވެ. މި ބަނޑުފުޅަށް ލިބިވަޑައިގަތީ އެންމެ ފިރިހެން ދަރިކަލެކެވެ. އެއީ މި ލިޔުން ތައްޔާރުކޮށްފައިވާ އިބްރާހީމް ޢަބްދުއްސައްތާރެވެ.  އަދަބިއްޔާތުގެ ނަމުންނަމަ " އެންދެރި ގަލަން" އެވެ.
ފުރަތަމަ އަނބި ކަނބަލުން ވަރިކުރެއްވުމަށްފަހު އަށެއްކަ އަހަރު އިތުރު ކާވެންޏެއް ނުކުރައްވާ ހުންނެވުމަށްފަހު 1970 ވަނައަހަރު 2 ވަނަ ކާވެނި ކުރެއްވީ ދ.ހުޅުދެލީ ކުރިކީލަގޭ ސަމީރާ ޢަބްދުއްރަހްމާނާއެވެ. މި ބަނޑު ފުޅުން 3 ފިރިހެން ބޭފުޅުން ލިބިވަޑައިގަތެވެ. މި 3 ބޭފުޅުންގެތެރެއިން ފާހަގަކުރެވޭ އެއްބެފުޅަކީ ފިލްމްސްޓާރ އަދި މިޔުޒިކް ޑިރެކްޓަރ ޙުސައިން ޞަބާޙެވެ.
ދެވަނަ އަނބިކަނބަލުން ވަރިކުރެއްވުމަށްފަހު 1976  ވަނައަހަރު 3 ވަނަ ކާވެންޏެއް ކުރެއްވިއެވެ. މި ފަހަރު ކާވެނި ބައްލަވައިގެންނެވީ މުލަކަތޮޅު މުލީ ޖަންބުގޭ ޛާހިދާ އާދަމާއެވެ. އެއީ އެރަށުގެ ޤަދަރުވެރި ޢާއިލާއެއްގެ ބޭކަނބަލެކެވެ. މި ބަނޑު ފުޅުން 2 ފިރިހެން ބޭފުޅުންނާއި، 3 އަންހެން ބޭފުޅުން ލިބިވަޑައިގަތެވެ.
ކުރެއްވި ޚިދުމަތްތައް :
1.     ފަނޑިޔާރުކަން :
 1969 ވަނަ އަހަރުގެ އޮކްޓޫބަރ 4 ވަނަ ދުވަހުން ފެށިގެން ގާޒީކަމުގެ ވަޒީފާގައި ސަރުކާރަށް ޚިދުމަތް ކުރައްވާން ފެއްޓެވިއެވެ.  މިގޮތުން ދ. އަތޮޅު ކޯޓާއި، އަތޮޅު ދާއިރާގެ ކޯޓް ތަކާއި،  ހުޅުދެލީ ކޯޓްގެ ގާޒީކަމުގައި ޚިދުމަތް ކުރައްވާފައިވެއެވެ. މީގެ އިތުރަށް ޖިނާޢީ ކޯޓްގައިމަސައްކަތް ކުރައްވާފައިވެއެވެ. އަދި ކޯޓް ތަކަށް ހުށައެޅި ، ނުނިމި ގިނަ ދުވަސްވެފައި ހުންނަ މައްސަލަތައް ނިންމުމަށް އެކި އަތޮޅުތަކަށް ސަރުކާރުން ފޮނުވާ ވަފުދު ތަކުގައި އެކިއެކި މައްސަލަތައް ބެއްލެވުމަށް ނ.ފ.ތ.ލ.ސ މި ފަސް އަތޮޅުގެ އެކި ރަށްރަށަށް ވަޑައިގެން މައްސަލަތައް ބައްލަވާ ނިންމަވާފައިވެއެވެ.
ހުޅުދެލީ ކޯޓުގެ ގާޒީ ކަމުގެ މަޤާމުގައި ހުންނަވަނިކޮށް މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވީ އަތޮޅުގެ އިސް ގާޒީއެއްގެ މަޤާމަށެވެ. އެއަށްފަހު 2011 ވަނައަހަރު ސީނިޔަރ މެޖިސްޓްރޭޓެއްގެ މަޤާމަށް ބަދަލު ކުރެއްވިއެވެ. އަދި 1 މާރޗް 2012 ގައި ރިޓަޔަރ ކުރެއްވިއިރު 42 އަހަރު ސަރުކާރަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން  ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ވަނީ  ނަންގަވާފައިވެއެވެ.

2.    ތަޢުލީމީ ދާއިރާ :
މިދާއިރާއިން ކުރެއްވި މަސައްކަތްޕުޅު ފެއްޓެވީ އަމިއްލަ ގެ ކޮޅު( ފިނިވާގެ) މި ގޭގެ ފެންޑާމަތީގައި މަދަރުސާއެއް އުފައްދަވައިގެން ކުދީންނަށް ކިޔަވައި ދެއްވަން ފެށްޓެވި ހިސާބުންނެވެ. އެއަށްފަހު ރައްޔިތުންގެ ފަރާތުން ހުޅުދެލީ ކާޑުގޭ ފެންޑާއަކީ މަދަރުސާއެއް ކަމުގައި ހަމަޖައްސަވާ މުދައްރިސެއްގެ ގޮތުން އުނގަނައި ދިނުމުގެ ދާއިރާގައި ޚިދުމަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން ހިލޭ ސާބަހަށް ކުޑަ ކުދީންނަށް ހިސާބު ޢިލްމު ކިޔަވައި ދެއްވުމާއި، ހިލޭ ސާބަހަށް ކުޑަ ކުދީންނަށް ކީރިތި ޤުރުއާން ކިޔަވައި ދެއްވައި، 50 އަށްވުރެ ގިނަކުދީން ދަސްވެނިވި ކުރައްވާފައިވެއެވެ.
އުނަގަނައި ދިނުމުގެ ދާއިރާއިން ކުރެއްވި ޚިދުމަތުގެ ތެރޭގައި ސަރުކާރުން ހިންގެވި އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށިގެންގޮސް ނިމެންދެން އެކި މާއްދާތައް ކިޔަވައި ދެއްވުމުގައި އިސް ރޯލެއް އަދާކުރައްވާފައި ވެއެވެ.
3.     ޚަޠީބުކަން:
ހުކުރު ކުރެއްވުމުގެ ސަނަދާއި ހުއްދަ ލިބި ވަޑައިގެންފައި ވުމާއެކު މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރެއްވުމާއި، ހުކުރު ކުރައްވާ ޚަޠީބެއް ކަން ފާހަގަ ކުރެވެއެވެ.
4.    ދިވެހި ބޭސްވެރިކަން:
ދިވެހި ބޭސް ވެރިކަމުގެ ރޮނގުން ޚިދުމަތް ކުރައްވަން ފެއްޓެވީ ބޮޑު ބޭބޭފުޅު އިބްރާހީމް ޙުސައިން ( ހެޔޮބޭގެ އިބްރާހީމް) ގެ އަރިހުން ބޭސްވެރިކަން ދަސްކުރައްވައިގެނެވެ. ބޮޑުބޭބޭފުޅަކީ އެދުވަސްވަރު މުޅި ރާއްޖެއިންވެސް ފާހަގަކުރެވޭ ކުޅަދާނަ ޙަކީމެކެވެ. މިގޮތުން ފުރަގަސް ފަރާތު ބައްޔަށް ( ހިލޭ ސާބަހަށް ) ބޭސް ކުރައްވާ، 50 ވަރަކަށް މީހުން މުޅިން ފަސޭހަވެފައިވެއެވެ.
5.     ކަން ވެރިކަން:
ޢަބްދުއްސައްތާރު ޢަލީ ގެފަރާތުން މުޖުތަމަޢަށް ލިބިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ބަލި މީހުންނަށް ކުދި ކުދި ފަންޑިތަ ހެއްދެވުމާއި، އޮޑިދޯނި ފަހަރަށް ހަދާ މަސްވެރިކަމުގެ ފަންޑިތަ ހެއްދެވުމަކީވެސް ފާހަގަ ކުރެވޭ ޚިދުމަތެކެވެ.
6.    އަދަބިއްޔާތު
އަދަބީ ރޮނގުން ފާހަގަކުރެވޭ ޚިދުމަތްތަކުގެތެރޭގައި އަދަބީ ޅެމާއި،ބޮޑުބެރު ލަވަޔާއި، ދީނީ ޅެމާއި، މަދަޙަ، ރައިވަރާއި،އެކި ވައްތަރުގެ ލަވައާއި، ވާހަކަލިޔުއްވުމާއި،ޑްރާމާ ލިޔުއްވުމާއި ހެއްދެވުން ހިމެނެއެވެ. މިގޮތުން އެންމެ ފާހަގަކުރެވޭ ލަޔަކީ "ތަޤްދީރުގައި ކަންހުރިގޮތާމެދު ބެހެވިދާނޭތޯ ، ތަދުބީރުތައް ކުރިޔަސް ސަފުން ފަހެ! ވަކިވެދާނޭތޯ"  މި ލަވައެވެ.
ދިވެހިރާއްޖޭގެ އަޑުން އެންމެ ފުރަތަމަ  ދުރަށް ފޮނުވަމުން ގެންދެވި " ރަސް އައިނޭ މިއީ މަގޭ އޮޑިޔާ ކުޅެ ނަގާ މިތާ " މި ލަވަޔަކީ މަސްވެރިކަމުގެ ބޮޑުބެރު ލަވަސެޓެއްގެތެރެއިން ޢަބްދުއްސައްތާރު ޢަލީގެ ޅެންވެރިކަން އަންގައިދޭ ލަވަ ސެޓެކެވެ.
ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ހެއްދެވި ލަވަތަކުގެ ތެރެއިން " ކެހިވެރި ޝާހިދޭ މަކަރު، ބޯނީ ތިޔަ ބޯން އުޅޭ ޒަހަރު " މިއީވެސް ފާހަގަކުރެވިފައިވާ ލަވައެކެވެ.
ޢަބްދުއްސައްތާރު ޢަލީގެ ޅެންވެރިކަމުގެ ބަގީޗާގެ ތެރެއިން މިދަންނަވާ ޅެމުގެ މާތައް ފެންނަން ހުރި ކަމީވެސް އޭނާގެ އަދަބީ ޚިދުމަތަށް ޝުކުރު ޙައްޤު ވާ ކަމެކެވެ. އެއިގެތެރޭގައި :
·        ވާހަކަ ޅެން
·        ދީނީ ފިލާވަޅުތަކުގެ ޅެން
·        މަސްވެރިކަމުގެ ޅެން
·        އަދަބީ ޅެން
·        ޤައުމީ ޅެން
·        މަލާމާތުގެ ޅެން
·        ތާރީފާއި، ސަނާގެ ޅެން
·        ބަނޑިޔާ ލަވަ ފާހަގަ ކުރެވެއެވެ. ނަމަވެސް ހިތާމައަކީ މީގެތެރެއިން ގިނަ ޅެންތަކަކީ ޝާއިޢު ނުވެ ޢަބްދުއްސައްތާރު ޢަލީގެ މަތާރަން ފިލާމަތީގައި ނުވަތަ ފޮތް ކާލީގައި ހިރަފުސް ބުރުވަން ބަހައްޓަވާފައިވާ އެއްޗެތިކަމަށް ވާކަމެވެ.
ޢަބްދުއްސައްތާރު ޢަލީ ވިދާޅުވާގޮތުން އޭނާ ހެއްދެވި ޅެންތަކުގެ ތެރެއިން ހިތުން ނުފިލާ ޅެމަކީ އެ ޙާދިޘާއަކުން އެންމެބޮޑު ހިތާމައެއް ލިބިވަޑައިގަތް ޙާދިޘާ ކަމުގައިވާ އެއްބަނޑު އެއްބަފާ ކޮށްކޮ މުނީރާ ޢަލީ މި ދުނިޔެ ދޫކުރުމާއި ގުޅިގެން ހެއްދެވި ހިތާމައިގެ ޅެމެވެ. " ވޭނީ ހިތާމައިން ކަރުނުން ފުރޭތީ ނުރޮވޭނުތޯނާ " މި ޅެމެވެ.
އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކުރެވޭ އަނެއްކަމަކީ އެކި މުނާސަބަތު ތަކުގައި ބޭނުންކުރާނޭ ޑްރާމާ ލިޔުއްވުމެވެ. މިގޮތުން ލިޔެވިފައިވާ ޑްރާމާ ތަކަކީ ސްކޫލް ކުދީންނަށާއި، ރަށު ފެންވަރުގަޔާއި، އތޮޅު ފެންވަރުގެ ބައެއް އިޙުތިފާލުތަކަށް ލިޔުއްވާފައިވާ ޑްރާމާ ތަކެވެ.
ޢަބްދުއްސައްތާރު ޢަލީ އަކީ ދޫފުޅު ފަސޭހަ ކުޅަދާނަ، ވާހަކަ ދެއްކުން ތެރިއެކެވެ. މިގޮތުން ވާހަކަފުޅު ދެއްކެވުމުގައި ކުއްލި މައުޟޫއަށާއި، އެކި ޙަފްލާ، ޖަލްސާ، ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވަން ލިބިވަޑައިގަންނަވާ ކޮންމެ މައިގަނޑު ނަމަކަށްވެސް ނޯޓެއް ބޭނުން ނުކުރައްވާ ފަސޭހަފުޅު ކަމާއި، އެކު  ވާހަކަފުޅު ދައްކަވާ ކަމީ ވާހަކަ ދެއްކުމުގެ ރޮނގުން ލިބިވަޑައިގެންފައިވާ އެންމެ މަތިވެރި ހުނަރެވެ.
އަދަބީ ރޮނގުން ފާހަގަކުރެވޭ ޚިދުމަތުގެ ތެރެއިން އެންމެ ފަހުން ފާހަގަކޮށްލާ ހިތްވަނީ މި ދާއިރާއިން ހުޅުދެލީގެ ނަން ތާރީޚުގައި ލިޔެލުން ޙައްޤު ކުރުވި، އަދި މިއަދާ ހަމައަށް އެބަހުރުވައެއް ދަސްކުރެއްވުމަށް ސަރުކާރުގެ ބައެއް ޢިއްޒަތްތެރިންވެސް ޝައުޤު ވެރިވެ ވަޑައިގެން (ބައެއް ބޭފުޅުން ދަސްކުރެއްވި)  " ޖީބަ އައްޕަން ޖާއްބައްބު"  ( މަންމަނު ބަހުރުވަ) މި ބަހުރުވައެވެ.  ހުޅުދެލިން މި ބަހުރުވަ އުފަންކުރުވި،  ޝަޚުޞުންގެ ތެރޭގައި އިސްވެ ހުންނެވީވެސް ޢަބްދުއްސައްތާރު ޢަލީއެވެ.  މި ބަޔޮގްރަފީގެ ދިގު ކަމަށްޓަކައި އިތުރު ތަފްޞީލެއް ނުދެވުނު ކަމަށްޓަކައި މާފު އެދެމުން " އެންދެރިގަލަން.ބްލޮގް " ބައްލަވާ ލެއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ. 
7.    މުނި ފޫހި ފިލުވުން:
މުނި ފޫހި ފިލުވުމުގެ ދާއިރާއިން ކުރެއްވި ޚިދުމަތުގެ ތެރޭގައި ލަވަ ވިދާޅުވުމާއި، ބުންބެރާއި، ބޮޑުބެރު ޖެއްސެވުމާއި، ހަރު މުނިޔާ ޖެއްސެވުމަކީވެސް ޢަބްދުއްސައްތާރު ޢަލީގެ ކިބައިން ފާހަގަ ކުރެވޭ ކަންތައް ތަކެކެވެ. މި ގޮތުން " ހުޅުދެލީ ރަސްއައިން ބޮޑުބެރު ލަވަ" އަލްބަމުގެ ލވަތައް ވިދާޅުވެ ބޮޑު ބެރު ޖައްސަވާފައިވާކަން ފާހަގަކުރެވެއެވެ. ހަމައެފަދައިން ހުޅުދެލީ ދެއަވަށު ބަނޑިޔާ ޖެހުމުގެ ޙަރަކާތުގެ ތެރެއިން ހަރު މުނިޔާޖެއްސެވުން ފާހަގަކުރެވިގެންދެއެވެ.  
8.    ފެހުން:
ފެހުމުގެ ރޮނގުން ބަލާލާއިރު ފަޓްލޫނާއި، ގަމީހުގެ އިތުރުން އަންހެނުންގެ ލިބާހާއި، ފާސްކުރި ހެދުމާއި، ބޯވަޅު ފެއްސެވުމަކީ ދުވާލާއި ރޭގަނޑުގެ ހުސްވަގުތު ތަކުގައި ކުރައްވަމުން ގެންދެވި މަސައްކަތް ޕުޅެކެވެ. މިގޮތުން ކޯޓު ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ ހެދުން ފައްސަވަން ދެނެވަޑައިގަންނަވައެވެ.
9.    ތިލޭރު ވެރިކަން:
މަހަކު 30 ރުފިޔާއަށް  ކާޑުގޭގެ ވަޒީފާގައި އުޅުއްވަނިކޮށް ބޮޑުބޭބޭފުޅު އިބްރާހީމް ޙުސައިން( ހެޔޮބޭގެ ދޮންބެ) 100 ރުފިޔާ އާއި، 1 ގައު ރިހި ދެއްވާފައި، މި މަސައްކަތް ދަސްކޮށްގެން ކުރިއަށް ދާށޭ ވިދާޅުވެ ދެއްވި ހިތްވަރާއި އެކު ވަޒީފާ ދޫކޮށްލައްވާ ރަންރިހީގެ މަސައްކަތް ދަސްކުރައްވައިގެން އެމަސައްކަތް ކުރައްވާ، އާމްދަނީ އިތުރު ކުރައްވަމުން ގެންދެވިއެވެ.  
10.           އަތްތެރި މަސައްކަތް:
ރާއްޖޭގައި ޓްވަރިޒަމް ކުރިއަރާން ފެށުމާއިއެކު،  ހުޅުދެލީގައި އުފެދުނު މަސައްކަތްތެރިކަމުގެ ތެރެއަށް ވެދެ ވަޑައިގެން  އެންދެރިއާއި، ކަހަނބު ފަތާއި، މުތްތޮށި ފަދަ ތަކެތިން ގެސްޓުންނަށް ބޭނުންވާ ބައެއް ތަކެތި ހެއްދެވުމުގައިވެސް ޢަބްދުއްސައްތާރު ޢަލީގެ ހުނަރުވެރިކަން ދައްކުވައި ދެއްވާފައިވެއެވެ.
11.           މަސްވެރިކަން
ބައްޕާފުޅުގެ ޒަމާނުއްސުރެ ގޭގައި ދުއްވަމުން ގެންދާ މަސްދޯންޏެއް އޮތުމާއެކު އެކަން ނުހުއްޓަވާ ކުރިއަށް ގެންދިޔުމަށް ބޭނުންފުޅުވިއެވެ. ނަތީޖާއެއްގެ ގޮތުން މަސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވިއެވެ. އާދޭހެވެ! ޢަބްދުއްސައްތާރު އަލީ އަކީ މޮޅު ކެޔޮޅެކެވެ. ޙަޔާތްޕުޅުގެ މިހާހިސާބަށް ވަޑައިގެންނެވިއިރު އަމިއްލަ ފުޅު 8 ދޯނި ދުއްވާފައި ވެއެވެ. ގާޒީ ކަން ލިބި ވަޑައިގަތުމަށްފަހުގައިވެސް ބަންދު ދުވަސް ތަކުގައި މަހަށް ވަޑައިގަތުމަކީ ނުހަނު ކުރައްވާ ހިތްޕުޅުން ކުރެއްވި ކަމެކެވެ.
12.           ޖަމާޢަތްތެރިކަން:
ރަށުގެ ޢާއްމު ދީނީ ހޭލުންތެރިކަން ހުރިގޮތުން މަރުވާ މީހުން ހިނެވުމާއި، ކަށު ކަމާކެމީގެ ކަންތައްކުރުމަކީ ވަރަށް މަދު މީހަކަށް ނޫނީ ނުކުރެވޭ ކަމަކަށް ވާތީ ދީނީ ޚިދުމަތެއް ކުރެއްވުމުގެ ގޮތުން އެކި ޢާއިލާ ތަކުން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތަކުގައި އެހީތެރިވެ ދެއްވުމަކީ އުފަލެއް ކަމުގައި ދެކި ވަޑައިގެން މަސައްކަތް ކޮށްދެއްވާފައިވެއެވެ.
އިމާމުކަން :
މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރެއްވުމުގެ އިތުރުން ޢަބްދުއްސައްތާރު ޢަލީ އަކީ ޚުޠުބާ ވިދާޅުވެ ނަމާދު ކުރައްވާ ޚަޠީބެކެވެ.
13.           ކިޔެވެނިކަން:
ޞަލަވާތް ފާތިޙާ ޛިކުރު، ބުރުދާ ، މައުލޫދު ކިޔުއްވުމާއި، ޚަތިމް ކުރުންފަދަ ކަންކަމަކީ ވެސް ޢަބްދުއްސައްތާރުޢާލީ ކުރައްވަމުން ގެންދެވި ކަންތަކެވެ. މި ކަންކަން ދަސްކޮށްދެއްވުމުގައި އަލްމަރުޙޫމު ޢަލީ ނަޞީރާއި، ގޮމައިގޭ ސީދީ ގެ އެހީ ތެރިކަން ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެއެވެ.  
14.           ދަނޑުވެރިކަން:
ގޯތިތެރެއިން ފެއްޓެވި ދަނޑުވެރިކަމުގެ މަސައްކަތް ފުޅާ ކުރައްވައި ގޮއި ބިން ވަރުވާއަށް ލިޔުއްވައިގެން އުޅުއްވި ދުވަސްވަރު ދަނޑުވެރިކަން ކުރެއްވުމުގައި ވަރަށް ހީވާގި ދައުރެއް އަދާ ކުރައްވާފައިވާކަން ފާހަގަ ކުރެވެއެވެ.
15.           ﷲ ގެ މަގުގައި ހޭދަކުރެއްވުން
ލިބިވަޑައިގެންފައިވާ ތަނަވަސް ކަމަކީ ﷲ ސުބަޙާނަހޫ ވަތަޢާލާގެ ދީލަތިވަންތަކަމުގެ ތެރެއިން ލިބިވަޑައިގަތް ނިޢުމަތެއް ކަން ޤަބޫލުކުރެއްވުމާއެކު ބައެއް މިސްކިތް ތަކުގެ އާބާތުރަ ފިލުވައި ދެއްވުމަށާއި، ނިކަމެތީންގެ އަތްތަކަށް އެހީގެ މުށްވަރުތައް ދެއްވުމަކީވެސް ޢަބްދުއްސައްތާރު ޢަލީގެ ކިބައިން ފެނިފައިވާ ވަރަށް މާތް ސިފައެކެވެ.
16.           ދީނީ އަޅުކަންތައް އަދާކުރެއްވުން:
އެންމެ ތުއްޕުޅު އިރުއްސުރެން ފެށިގެން މިއަދާ ހަމައަށްވެސް ޢަބްދުއްސައްތާރު ޢަލީ އަކީ ފަރުޟު ފަސް ނަމާދަށް ޙުރުމަތްތެރިކޮށް ހިއްތަވާ އެނަމާދު އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ. މީގެ އިތުރުންވެސް ދީނީ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވައެވެ. 3 ފަހަރަށް ފަރުޟު ޙައްޖު އަދާކުރައްވާފައިވެއެވެ. އަދި ޙައްޖަށް ގޮސް އުޅޭ މީހުނާއި ގުޅުން ބަދަހި ކުރައްވާ، އެމީހުންގެ އަޅުކަމުގެ މަނާސިކު އަދާކުރުމުގެ ކަންތަކުގައި ވަރަށްބޮޑަށް އެހީތެރިވެ ވަޑައިގަންނަވައެވެ. އެހެންކަމުން "ޖަމާއަތުލް ޚައިރު " ޙައްޖު ގްރޫޕްގެ ފަރާތުން ޙައްޖަސްދާމީހުންގެ އެހީތެރިއެއްގެ ގޮތުން މަސައްކަތް ކޮށްދެއްވުމުގައިވެސް ޢަބްދުއްސައްތާރު ޢަލީ ޙަރަކާތްތެރިވެ ވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.

ނިންމާލުމުގެ ކުރިން:
ޢަބްދުއްސައްތާރު ޢަލީ ކުރައްވާފައިވާ ޚިދުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ޝަރުޢީ ދާއިރާއިން ވަރަށް ގިނަ މެސެޖާއި، ހަނދާނީ ލިޔުން ލިބިވަޑައިގެންފައި ވާއިރު ޢާއްމު ޚިދުމަތުގެ ހަނދާނީ ލިޔުންވެސް ލިބިވަޑައިގެންފައިވެއެވެ.
ޢަބްދުއްސައްތާރު ޢަލީ ވިދާޅުވާގޮތުން (ޢުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރައްވާފައި ވިޔަސް ) މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިންވަރު ފުޅާއެކު ލިބިވަޑައިގެންފައިވާ ތަނަވަސް ކަމާމެދު ޝުކުރުވެރިވެ ވަޑައިގެން އުފާކުރައްވައެވެ.
ހަނދާނުން ފޮހެ ނުލެވުނު ހިތާމަވެރި ދުވަހަކީ " އެއްބަނޑު އެއްބަފާ ކޮށްކޯފުޅު މުނީރާ ޢަލީ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރި ކުރުން" ކަމަށް ސިފަ ކުރައްވަމުން ވިދާޅުވީ " މަޔަކާ އަޚުން އުޚުތުނާ ވަކިވެ ދުނިޔޭން ޚައިރުލް ވަރާއަށް، އަބަދާ އަބަދު ވަކިވުމުން ވާހަނދާނުން ނުރޮވޭނުތޯ ނާ   ' މިހެންނެވެ.
އަވަހާރަވުމުގެ ކުރިން ދެކިވަޑައިގަންނަވަން އެންމެ ބޭނުންފުޅުވާ ދުވަހަކީ " ހުރިހާ ދަރީން އެއްތަންވެ ބައްޕަގެ އަރިހުގައި އެކުގައި އުޅޭނޭ ދުވަހެއް" ކަމުގައިވެސް ވިދާޅުވެއެވެ. އަދި އެންމެ ގާތް ރަޙްމަތްތެރީން ވަރަށް ގިނަ ކަމަށާއި، އޭގެތެރެއިންވެސް އިހަވަންދޫ ދުފާގޭ އާދަމް ޤާސިމަކީ ފާހަގަކުރެވޭ ރަޙްމަތްތެރިންގެ ތެރެއިންވެސް އަބަދު ހިތްޕުޅުން ނުފިލާރަހްމަތްތެރިއެއްކަމަށް ވިދާޅުވިއެވެ.
ނިމުނީ
 




No comments:

Post a Comment